ފައްޔާޒް ވިދާޅުވީ އޭނާ ދެއްކެވި ވާހަކަތައް އޮޅުވާލައިފައިވާ ކަމަށް
ރައީސް ޑރ މުހައްމަދު މުއިއްޒަށް، ރާއްޖޭގެ ފުރަތަމަ ރައީސް އަމީން ދީދީއަށް ހެދިގޮތް ހަދަން ޖެހޭ ކަމަށް ބުނެ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ދެއްކެވި ވާހަކަތައް އެކި ފަރާތްތަކުން ދައްކަނީ އޮޅުވާލައިގެން ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.
ފައްޔާޒް ދެއްކެވި ވާހަކަތަކަކީ ޓެރަރިޒަމްއަށް ހިތްވަރު ލިބޭ ގޮތަށް ދެއްކި ވާހަކަތަކެއް ކަމަށް ބުނެ އެކި ފަރާތްތަކުން ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ.
އޭގެ ތެރޭގައި އެމްޑީޕީއަށް ނިސްބަތްވާ މީހުންވެސް ހިމެނޭ އިރު ވެރިކަން ކުރާ ޕީއެންސީގެ ބައެއް މެމްބަރުން ވަނީ ފައްޔާޒް ހައްޔަރުކުރަން ވެސް މިއަދު ގޮވާލާފަ އެވެ.
ނަމަވެސް ރާއްޖެ ޓީވީން މިއަދު ގެނެސްދިން ލައިވް ކަވަރޭޖް ޕްރޮގްރާމެއްގައި ފައްޔާޒް ވިދާޅުވީ އެނާ ދެއްކެވި ވާހަކަތައް އެކި ފަރާތްތަކުން ދައްކަނީ އޮޅުވާލައިގެން ކަމަށެވެ.
"އަދި މިއަދު އަޅުގަނޑު ޕޯޑިއަމްއެއްގައި ދެއްކި ވާހަކަ ހަމަ އެއްކޮށް އޮޅުވާލައިގެން ބިރުވެރިކަން އުފެއްދުމުގެ ބޭނުމުގައި އަދި އަލަށް ކަންނޭނގެ ރައްޔިތުންގެ މަޖިލިސްްއެއްގަ ރާއްޖޭގަ މީހަކާ ބޭހޭ ގޮތުން މައްސަލައެއް ހުށަހެޅިގެން އެ ދިޔައީ. އެ ފަހުުރު އަޅުގަނޑު ބަލައިގަންނަން" ފައްޔާޒް ވިދާޅުވި އެވެ.
ފައްޔާޒް ވިދާޅުވީ އޭނާ ދެއްކެވި ވާހަކަތައް އޮޅުވާލައިގެން ދެއްކުމުގެ ބޭނުމަކީ މިރޭ އޮންނަ އެމްޑީޕީގެ ޖަލްސާއަށް ދާނެ މީހުން މަދުކުރުން ކަމަށެވެ.
އޭނާ ވިދާޅުވީ އެމްޑީޕީން އުޅެނީ ގާނޫނާ ހިލާފު ކަމެއް ކުރަން ނޫން ކަމަށާއި އަދި މިރޭ ބައްވާ ޖަލްސާ ކުރިއަށް ދާނީ އޮމާންކޮށް ކަމަށެވެ.
އަސްލުވެސް!
ބޭކާރު ވާހަކަ ނުދައްކާ ދޫ ރައްކާތެރި ކުރާނަމަ ތިބާގެ ގަދަރު އުފުލިގެންދާނެ