ރާއްޖެއިން މިހާތަނަށް 17 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު، އޭގެތެރެއިން 13 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.
އިތުރު ސަފާރީއަކުން ކޮވިޑް-19އަށް ޝައްކުވާ ދިވެއްސެއް ޓެސްޓު ކުރަނީ
"މޯލްޑިވިއަން" ނަމަކަށް ކިޔާ ސަފާރީއަކުން ކޮވިޑް-19އަށް ޝައްކުވާ ދިވެއްސެއް ފެނުމާއެކު އެ މީހާގެ ސާމްޕަލް ނަގައި ޓެސްޓު ކުރުމުގެ މަސައްކަތްފަށައިފިއެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19ގެ ތަރުޖަމާނު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވީ އެ ސަފާރީގައި ހުރި ދިވެއްސެއް ބަލީގެ އަލާމާތްތައް ފެނިގެން ސާމްޕަލް ނެގުމަށްޓަކައި މޮނީޓަރިންގެ ހާލަތަށް ގެނެވިފައިވާ ކަމަށެވެ.
އެ އުޅަނދުގެ އިތުރުން މިހާރުވެސް ހަތަރު އުޅަނދެއް އޮތީ މޮނީޓަރިންގެ ހާލަތުގައެވެ. އެއީ ވީއެސްޖީ ގްލޯރީ ކާގޯ، އާކް ނޯބަލް ސަފާރީ، އައިލެންޑް ސަފާރީ އަދި އެސްވައި ސްޓާސް އެންޑް ސަފާރީއެވެ.
Ads by Allied Insurance