ޚަބަރު

މީސްމީޑިއާގައި ނުފޫޒުގަދަ ޚާލިދު އާއި ސަލާމާ ރާއްޖޭގައި، ބޭނުން ވަނީ އަރާމްކޮށްލަން

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

މީސްމީޑިއާގައި ނުފޫޒު ގަދަ އަރަބި ވްލޮގަރެއް ކަމަށްވާ ޚާލިދު އަލް އަމީރީ އާއި އޭނާގެ އަންހެނުން ސަލާމާ މުހައްމަދު ޗުއްޓީ ހޭދަކޮށްލުމަށްޓަކައި ރާއްޖެ އަތުވެއްޖެއެވެ.

Ads by MWSC

ޚާލިދު އާއި ސަލާމާ ރާއްޖެ އައިސްފައިވާ ވަނީ މިއަދު އެވެ. އެ ދެމީހުން ޗުއްޓީ ހޭދަ ކުރަނީ ތާޖް އެގްޒޮޓިކާ ރިސޯޓް އެންޑް ސްޕާ ގައެވެ.

ރާއްޖެ އައުމަށްފަހު މި ދެމަފިރިން ވަނީ އިންސްޓަގްރާމް ސްޓޯރީގައި ރާއްޖޭގެ ފޮޓޯތަކާއި ވީޑިއޯތައް ހިއްސާ ކޮށްފައެވެ. އަދި މިއީ އަރާމުކޮށްލުމުގެ ވަގުތުކަމުގައި ޚާލިދުގެ ސްޓޯރީގައި އޭނާ ވަނީ ބުނެފައެވެ. އަދި ހަމަ އެހެންމެ ޚާލިދު ވަނީ ތާޖް އެގްޒޮޓިކާ ރިސޯޓުން އެދެމަފިރިންނަށް ހޫނު މަރުހަބާއެއް ކީ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ހިއްސާކޮށް އެކަމަށް ތައުރީފް ކޮށްފައެވެ.

ޚާލިދަކީ އަރަބިންގެ ތެރެއިން މީސްމީޑިއާގައި އެންމެ ނުފޫޒުގަދަ އެކެކެވެ. އެކުވެރި އަރަބި އިމާރާތުގެ ރައްޔިތެއް ކަމަށްވާ ޚާލިދު އާއި ސަލާމާގެ މުޅިއަކު 3.5 މިލިއަން ފޮލޯވާސް ތިބޭ ކަމަށް މީޑިއާތައް ބުނެއެވެ.

ޚާލިދު އާއި ސަލާމާ އަންނަނީ އެކި ކަހަލަ ވީޑިއޯތައް ހަދާ މީސްމީޑިއާގައި ހިއްސާކުރަމުންނެވެ. އެކި ގައުމުތަކުގައި ވެސް ޚާލިދު އާއި ސަލާމާ ވީޑިއޯތައް ނަގާފައިވެއެވެ. އެންމެ ފުރަތަމަ ވީޑިއޯ ހަދަން ފެށިއިރު ޚާލިދު ދުވާލަކު ވީޑިއޯ އެއް ހިއްސާ ކުރެއެވެ. ޚާލިދުގެ ބުރަ މަސައްކަތުން މިއަދު ޚާލިދަކީ މީސްމީޑިއާގައި ނުފޫޒުގަދަ، މީހުން ބަލައިގަންނަ ކާމިޔާބު މީހެކެވެ.

ޚާލިދު އާއި ސަލާމާގެ ވީޑިއޯތައް ވަރަށް ގިނަ ދިވެހިން ވެސް ބަލާ އުޅެއެވެ. ގިނަ ދިވެހީން ޚާލިދުގެ ވީޑިއޯތައް "ޝެއާރ" ކޮށް އަދި ރިއެކްޓް ކޮށްފައި ހުންނަ ތަންވެސް ފެނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!