ދުނިޔެ

މެލޭރިއާއަށް ބޭނުންކުރާ ބޭސް ކޮވިޑް19އަށް ބޭނުން ކުރުމަށް ހުއްދަދީފި

ދެން އެމްވީ ، ދެން އޮންލައިން

މެލޭރިއާ އަށް ބޭނުން ކުރާ ބޭހުން ކޮވިޑް19 އަށް ފަރުވާ ކުރުމުގެ އިމަޖެންސީ ހުއްދައެއް އެމެރިކާގެ އެފްޑީއޭއިން ދީފިއެވެ. އެފްޑީއޭ އިން މި ހުއްދަ ދީފައިމިވަނީ އެމެރިކާގެ ރައީސް މި ބޭހަށް ތައުރީފުކޮށްފައިވާ ދަނޑިވަޅެއްގައެވެ.

Ads by WAMCO

އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން މި ބޭސް ބޭނުން ކުރުމުގެ ހުއްދަ ދީފައިމިވަނީ އެގައުމުގައި ކޮވިޑް19 ގެ ހާލަތު ގޯސްވެ ނުރައްކާތެރިކަން އިންތިހާއަށް ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.

އެ އިދާރާއިން މިހުއްދަ ދޭން ނިންމުމާއެކު އެމެރިކާގެ ޑިޕާޓްމެންޓް އޮފް ހެލްތް އެންޑް ހިއުމަން ސާވިސަސް އަށް އެ ބޭހުގެ ގިނަ ޑޮނޭޝަން ތަކެއްވެސް ލިބިފައިވާ ކަމަށް އެ އިދާރާއިން ވަނީ ހާމަކޮށްފައެވެ. އަދި އެ ބޭސް ޑޮކްޓަރުންގެ އިރުޝާދާއި ލަފައިގެ މަތިން ކޮވިޑް19 ގެ ބަލި ޖެހިފައިތިބި މީހުނަށް މީގެ ފަހުން ދެމުން ގެންދާނެކަމަށް ވެސް އެ އިދާރާއިން ބުނެއެވެ.

އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން މި ހުއްދަ ދީފައިވާއިރު ގިނަ މާހިރުން ބުނަމުންދަނީ އެ ބަލި ކޯވިޑް19 އަށް ބޭނުންކުރުމަށް ބޭނުންވާ ވަރަށް އެކަށީގެންވާ ދިރާސާ އަދި ހެދިފައިނުވާކަަމަށެވެ. ކުދި ކްލިނިކަލް ޓްރަޔަލްސް އިން ބޭހުގެ ފައިދާއާއި ގެއްލުން ދެނެ ނުގަނެވޭ ކަމަށާއި އިތުރު ބޮޑެތި ކްލިނިކަލް ޓްރަޔަލްސް ނިމެންދެން ބޭސް ބޭނުން ކުރާ ފަރާތްތަކުން ސަމާލުވުމަށް ވެސް އެފަރާތްތަކުން އެދެއެވެ.

މީގެ އިތުރުން މި ބޭސް މިފަދަ ގޮތަކަށް ކޯވިޑް19 އަށް ބޭނުން ކޮށްފިނަމަ ބޭހުގެ ބޭނުން ޖެހިފައި ތިބި އެތައް ބަޔަކަށް މި ބޭސް ނުލިބުމުގެ ބިރު އޮތްކަން ވެސް މި ފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ.

ކޮވިޑް19 ގެ ބަލި މަޑުކަން މުޅި ދުނިޔެއަށް ފެތުރި ނުރއްކާތެރިކަން އިތުރުވަމުން އަންނައިރު އެމެރިކާ ވެފަައިވަނީ މިހާތަނަށް އެންމެ ގިނަ މިހުން ޕޮސިޓިވްވި ގައުމަށެވެ. އެގައުމުގައި ބަލި އެންމެ ފުރަތަމަ ފެނުނު ޗައިނާއަށް ވުރެ ވެސް އެމެރިކާގައި ވައިރަސް ޖެހުނު މީހުންގެ އަދަދު ގިނަ ވެފައިވާއިރު އެގައުމުން ވަނީ 142,793 މީހަކު ވައިރަހަށް ޕޮސިޓިވްވެފައެވެ. އަދި ބަލި ޖެހުނު 2,490 މީހަކު ވަނީ ބަލީގެ ސަބަބުން މަރުވެފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!