ދުނިޔެ

ޗައިނާގެ ވައިލްޑް ލައިފް މާކެޓުތައް ހުޅުވައިފި : އަދިވެސް ވާލާއި ވަލުޖަނަވާރުތައް ކައި އުޅޭ

ދެން އެމްވީ ، ދެން އޮންލައިން

މިދިޔަ އަހަރުގެ ފަހުކޮޅު ޗައިނާ އިން ފެނުނު ކޮވިޑް19 ގެ ނުރައްކާތެރިކަން މިވަނީ މުޅި ދުނިޔެއަށް ފެތުރިފައެވެ. ވައިރަސް އުފެދުނު ޗައިނާގައި ވައިރަސް ކޮންޓްރޯލް ވެފައިވީނަމަވެސް ދުނިޔޭގެ އެހެން ހިސާބުތަކުގައި ވައިރަސް ދަނީ ހަލުވިކަމާއެކު ފެތުރެމުންނެވެ.

Ads by Sosun Fihaara

ވައިރަސް ޖެހުނު މީހުންގެ އަދަދު އަށް ލައްކައާއި ގާތްކޮށްފައިވާއިރު މި ވައިރަސް ފުރަތަމަ ޖެހުނު ގޮތް ހޯދުމަށް އަދިވެސް އަންނަނީ ގިނަ ދިރާސާތަކެއް ކުރަމުންނެވެ. އެގޮތުން ވައިރަސް އެންމެ ފުރަތަމަ ފެތުރުނީ ވުހާންގެ ސީފުޑު މާކެޓުގެ ތެރެއިން ވާލެއް ކައިގެން ކަމަށް ވެސް ވާހަކަ ދެކެވުނެވެ.

ކޮވިޑް19 ވައިރަސް ނިސްބަތްވާ އާއިލާކަމަށް ވާ ނޮވެލް ކޮރޯނާ ވައިރަހަކީ ޖަނަވާރުންގެ ގައިން އިންސާނުންގެ ގަޔަށް އަރާ ވައިރަހަކަށް ވުމާއެކު ގިނަ ބަޔަކު ވަނީ މިވާހަކަަތަކުގައި ބުރަދަނެއް އެކުލެވިގެންވާ ކަމަށް ގަބޫލުކޮށްފައެވެ.

ވައިރަސް މުޅިން ކޮންޓްރޯލްވެ ޗައިނާގައި ފުރަބަންދުކުރި ގިނަ ހިސާބުތައް ހުޅުވާލާފައިވާއިރު ވައިރަހާއި ގުޅިގެން ބަންދުކުރި ގިނަ މާކެޓުތައް ވެސް ވަނީ ހުޅުވާލާފައެވެ. މިގޮތުންވެސް އެންމެ ގިނަ ބައެއްގެ ސަމާލުކަން ލިބިގެން ދިޔައީ ވައިލްޑް ލައިފް މާކެޓެވެ. ވަލު ޖަނަވާރުތައް ކަތިލަން ތައްޔާރުކޮށްފައި ހުރިއިރު ވައިރަހުން ސަލާމަތްވުމުން ގިނަ ބަޔަކު ވަނީ އުފާ ފާޅުކުރުމުގެ ގޮތުން މާރުކޭޓުތަކަށް އެއްވެފައެވެ.

ނަމަވެސް ހިތާމައަކީ އެގަައުމުގެ ގިނަ ރައްޔިތުން އަދިވެސް އެއްވެސް ފިކުރެއްނެތި ވަލު ޖަނަވާރުތައް ކަމުން ގެންދާތީއެވެ. ރިޕޯޓުތައް ބުނެފައިވާ ގޮތުގައި ވައިރަހުގެ ކުރިން އޮތް ހާލަތަށް މިހާރު މާރުކޭޓުތައް ވަނީ ރުޖޫއަ ވެފައެވެ. އަދި އެއްވެސް ބަދަލެއް އައިސްފައިނުވާއިރު ބުޅަލާއި ކުއްތާ އާއި ވައިރަސް ފެތުރެންފެށި ކަމަށް ބުނާ ވާލުގެ މަސް އަދިވެސް މާރުކޭޓުތަކުގައި ދަނީ ވިއްކަމުންނެވެ. އަދި ގިނަ ބަޔަކު ދަނީ އެފަދަ ތަކެތި ކައި ހަދަމުންނެވެ.

ަޗައިނާއިން މި ފެނުނު މަންޒަރާއެކު ގިނަ ބައެއްގެ ނުރުހުން އަނެއްކާ ވެސް ޗައިނާއަށް ވަނީ އަމާޒުވެފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!