Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ރިސޯޓުތަކުން ކަނޑާލާ މުވައްޒަފުންނަށް ޖާބިރުގެ ކުންފުނިތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތު!

ކޮވިޑް-19އާ ގުޅުގެން ޓޫރިޒަމް ސިނާއަތަށް އަރާފައިވާ ލޮޅުމުގެ ސަބަބުން ރިސޯޓުތަކުން ކަނޑާލާ މުވައްޒަފުންނަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ކުންފުނިތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ޖާބިރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެދެނީ ކޮވިޑް-19 އާއި ގުޅިގެން ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުން ކަނޑާނުލުމަށް ކަމަށާއި އެކަމަށް އޭނާ ތާއީދުކުރައްވަ ކަމަށެވެ.

ޖާބިރު ވިދާޅުވީ މުސީބާތުގެ ވަގުތުގައި އިތުރަށް ހާލުގައި ޖެއްސުން އެއީ އިންސާނިޔަތާ ހިލާފު ކަމެއް ކަމަށެވެ. އެހެންކަމުން ރިސޯޓުތަކުން ކަނޑާލާ މުވައްޒަފުންނަށް ޖާބިރު ކުންފުނިތަކަށް އައުމަށް އޭނާ ދައުވަތުދެއްވާފައެވެ.

Advertisement
Allied Insurance — Square (box)

"ހާލަތާއި ބައްދަލު މުސާރަ ދޭނަން، ހާލުގައި ނުޖެހޭނެ. އެހީތެރިވާނަން ހުރިހާ ފަރާތްތަކަށް ވެސް. އެކުގައި މި ހާލަތުން އަރައި ގަނެވޭނެ." ޖާބިރު ވިދާޅުވިއެވެ.

ލޭބާރިލޭޝަންސް އޮތޯރިޓީން އިއްޔެ ބުނެފައިވަނީ ކޮވިޑް-19އާ ގުޅިގެން ވަޒީފާގެ ގާނޫނާ ހިލާފަށް އަމަލުކުރާކަމުގެ ގިނަ މައްސަލަތަކެއް އެ އިދާރާއަށް ހުށަހެޅެމުންދާ ކަމަށެވެ. މި މައްސަލަތައް އެ އޮތޯރިޓީން ބަލަމުންދާކަމަށް ވެސް ބުނެފައިވެއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް