ރާއްޖޭގެ ސަރަހައްދުގައި މަސްވެރިކަން ކުރަން އުޅުނު ބޯޓެއް އަތުލައިގެންފި

ރާއްޖޭގެ އިގުތިސާދީ ސަރަަހައްދުގެ ތެރޭގައި މަސްވެރިކަން ކުރަން އުޅުނު ބޯޓެއް އަތުލައިގެންފި އެވެ.
އެމްއެންޑީއެފްއިން މީގެ ބައިގަޑިއެއްހާއިރު ކުރިން އެކަން ކަށަވަރުކޮށްދިން ނަމަވެސް އޭގެ އިތުރު ތަފްސީލެއް ނުދެ އެވެ.
އަދި އެއީ ކޮން ގައުމެއްގެ ބޯޓެއް ކަމެއް ވެސް ސާފެއް ނުވެ އެވެ.
ގަވައިދާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ މަސްވެރިކަން ކޮށްގެން އިންޑިއާއާއި ލަންކާގެ ބޯޓުތައް މީގެ ކުރިން ވެސް އަތުލައިގެންފައިވެ އެވެ.
އަދި ބައެއް ފަހަރު އިންޑިއާ ފަދަ ގައުމުތަކުގެ ޕްރެޝަރު ބޮޑުވެގެން އެ ބޯޓުތަކުގެ މީހުން ދޫކޮށްލައިފަައިވެސް އެބަހުއްޓެވެ.
މިިދިޔަ އޮކްޓޫބަރު މަހު ސިވިލް ކޯޓުން ވަނީ ގަވައިދާ ހިލާފަށް ރާއްޖޭގައި މަސްވެރިކަން ކުރި ލަންކާގެ އުޅަނދެއް ދައުލަތަށް ނަގަން ވެސް ހުކުމްކޮށްފަ އެވެ.