ޚަބަރު

2019 ވެގެންދިޔައީ ރާއްޖެ އެތައްގޮތަކުން އަޅުވެތިވި އަހަރަކަށް: ސައީދު

ދެން އެމްވީ ، ދެން އޮންލައިން

ނިމިދިޔަ އަހަރަކީ ދިވެހިރާއްޖެ އެތައްގޮތަކުން އަޅުވެތިވި އަހަރެއް ކަމަށް މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ 2019 ވެގެންދިޔައީ ދިވެހިރާއްޖެ އެތައްގޮތަކުން އަޅުވެތިވި ބަނަ އަހަރަކަށް ކަމަށެވެ. އެގޮތުން އިގްތިސާދީ، އިޖްތިމާއީ އަދި ގައުމީ ތަރައްގީ ގެ މިސްރާބް ގެއްލުނު އަހަރަކަށް 2019 ވެގެން ދިޔަ ކަމަށް ސައީދު ވިދާޅުވިއެވެ.

"2020 އަކީ މާތް ﷲ ގެ ވާގިފުޅާއިއެކު ކޮންމެ ފަރުދަކާއި އާއިލާއަކަށް އުފަލާއި ކުރިއެރުން ގެނުވާނެ އަހަރެއް ކަމުގައި ލައްވާށި." ސައީދުގެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގެ ފުރަތަމަ އަހަރަކީ ކުރިއެރުމެއް ނުލިބުނު އަހަރެއް ކަމަށް އިދިކޮޅުން ބުނި ނަމަވެސް ނިމިގެންދިޔަ އަހަރަކީ ރާއްޖޭގައި ސުލްހަ ގާއިމުކުރެވި، ދުނިޔޭގެ ކުރިމަތީގައި ރާއްޖެއަށް ގަދަރާއި އިހުތިރާމް ލިބުނު އަހަރެއް ކަމަށާ 2020 ވަނަ އަހަރަކީ މުޅި ރާއްޖެ ތަރައްގީ ކުރުމުގެ މުޅިން އައު ފެށުމެއް ކަމަށް ރައީސް ނެރުއްވި ހިތޯބުގައި ވަނީ ވިދާޅުވެފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!