އުރީދޫގެ 5 ނަސީބުވެރި ފަރާތަކަށް 31 ޑިސެމްބަރުގެ ކުރިން އަދިވެސް ސައިކަލު ހޯދުމުގެ ފުރުސަތު!
އުރީދޫ މޯލްޑިވްސްއިން ކުރިއަށް ގެންދާ ކޮންމެ 3 ދުވަހަކުން ސައިކަލެއް ލިބޭ ޕްރޮމޯޝަންގައި އިތުރު 5 ސައިކަލެއްގެ ނަސީބުވެރި ފަރާތް ހޮވަން އޮތްއިރު, ކަސްޓަމަރުންނަށް އަދިވެސް އެ ޕްރޮމޯޝަންގައި ބައިވެރިވެ އިނާމު ހޯދުމުގެ ފުރުސަތު އެބައޮތް ކަމަށް އެ ކުންފުނިން ބުނެފި އެވެ.
އުރީދޫން ބުނީ މި ޕްރޮމޯޝަންގެ ދަށުން މިހާތަނަށް 25 ނަސީބުވެރިއަކު ހޮވާފައިވާ ކަމަށެވެ.
ބާކީ ހުރި ސައިކަލުތަކުގެ ތެރޭގައި އެއާބްލޭޑް 160، އެއާބްލޭޑް 125 ގެ އިތުރުން ޑިސެމްބަރު މަހުގެ އެންމެ އަގުހުރި އިނާމު ކަމަށްވާ ޕީސީއެކްސް 160 ގެ އިތުރުން، މުޅި ޕްރޮމޯޝަންގެ އެންމެ އަގުހުރި އިނާމުގެ ގޮތުގައި ހުށަހަޅާފައިވާ 2024 ރެބެލް 300 ސައިކަލު ހިމެނޭ ކަމަށް ވެސް އުރީދޫން ބުންޏެވެ.
މި ޕްރޮމޯޝަންގައި މިހާރު ކާމިޔާބު ކުރުމަށް ބާކީ ހުރި ސައިކަލުތަކުގެ ތެރޭގައި:
- 2 އެއާބްލޭޑް 160 – ސްޓޭންޑާޑް އެޑިޝަން
- 1 އެއާބްލޭޑް 125 - ސްޓޭންޑާޑް އެޑިޝަން
- ޑިސެމްބަރު މަހުގެ އެންމެ އަގުހުރި އިނާމު - ޕީސީއެކްސް 160
- އެންމެ އަގުހުރި އިނާމު - ރެބެލް 300 (2024)
އުރީދޫން ބުނީ މިދިޔަ ސެޕްޓެމްބަރު 23 ގައި އެ ކުންފުނިން ތައާރަފްކޮށް, ކުރިއަށް ގެންދާ އެ ޕްރޮމޯޝަންގައި ކޮންމެ 3 ދުވަހަކުން އެއް ސައިކަލު ދެމުން އަންނައިރު، ކެމްޕެއިން ނިމޭއިރު ޖުމްލަ 30 ސައިކަލު ނަސީބުވެރި ފަރާތްތަކަށް ދެވޭނެ ކަމަށެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އުރީދޫގެ ހުރިހާ ކަސްޓަމަރުންގެ އިތުރުން އަލަށް އުރީދޫ އާ ގުޅޭ ކަސްޓަމަރުންނަށް ވެސް މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ޕްރޮމޯޝަންގައި ބައިވެރިވުމަށް:
- އުރީދޫ ކަސްޓަމަރެއް ނަމަ ފާއިތުވި 30 ދުވަހުގެ ތެރޭގައި 250 ރުފިޔާއަށް ވުރެ މަތިން ބިލް ދައްކައި، ރީޗާޖުކޮށް ނުވަތަ އެޑް އޮން އެއް ބޭނުންކުރުން.
- އުރީދޫ އާ އަލަށް ގުޅޭ ކަސްޓަމަރުން ހިދުމަތް ބޭނުން ކުރުމަށް 400 ރުފިޔާއިން މަތިން ބިލް ދައްކައި، ރީޗާޖުކޮށް ނުވަތަ އެޑް އޮން އެއް ބޭނުންކުރުން.
- އުރީދޫގެ އެކްޓިވް ކަސްޓަމަރަކަށްވުން.
މި ޕްރޮމޯޝަނަކީ އުރީދޫގެ 5ޖީ ލިބޭ ކެމްޕެއިންގެ ދަށުން ރާއްޖޭގައި އެންމެ ވަރުގަދަ އަދި އެންމެ ބޮޑު 5ޖީ ނެޓްވޯކް ތައާރަފްކުރުމުގެ މުނާސަބަތުގައި އެ ކުންފުނީގެ ކަސްޓަމަރުންގެ އިތުބާރާއި އެއްބާރުލުން ފާހަގަކޮށް، ކަސްޓަމަރުންގެ އަގުވަޒަން ކުރުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮމޯޝަނެއް ކަމަށް އުރީދޫން ފާހަގަކުރެ އެވެ.