ވީއައިއޭގައި ހަމަނުޖެހުން ހިންގި ލަންކާ މީހަކު ހައްޔަރުކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ހިނގި ހަމަނުޖެހުމާ ގުޅިގެން ލަންކާ މީހަކު ހައްޔަރުކޮށްފި އެވެ.
މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ ވީއައިއޭގައި ހަމަނުޖެހުމެއް ހިނގާފައިވާ ކަމުގެ ރިޕޯޓް ލިބިގެން އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
އެ މައްސަލައިގެ އަޕްްޓޭޑް ހިއްސާކުރަމުން ފުލުހުން ބުނީ އެކަމެއް ހިނގީ ވޯކް ވިސާގައި ރާއްޖޭގައި އުޅޭ ސްރީލަންކާގެ ބައެއްގެ މެދުގައި، އެއާޕޯޓް ޓެކްސީ ޑްރޮފް ޕޮއިންޓުގައި ކަމަށެވެ.
ފުލުހުންގެ ހައްޔަރަށް ގެންދިޔަ މީހާއާ ގުޅޭ މައުލޫމާތެއް ނުދެ އެވެ. އަދި ހަމަނުޖެހުން ހިނގަން މެދުވެރިވި ސަބަބެއްވެސް ފުލުހުން ނުބުނެ އެވެ.