މީހުންގެ އިޚްލާޞްތެރިކަމާމެދު ހުކުމް ކުރުމަކީ އެއްވެސް މީހަކަަށްް ދެއްވާފައިވާ ބާރެއް ނޫން
މީހުންގެ ނިޔަތާއި މީހުންގެ އިޚްލާސްތެރިކަމާމެދު ހުކުމް ކުރުމަކީ އެއްވެސް މީހަކަށް ދެއްވާފައިވާ ބާރެއް ނޫން ކަމަށް ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ޑރ.ޝަހީމް މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މީހުންގެ ނިޔަތާއި އިޚްލާޞްތެރިކަމާމެދު ހުކުމް ކުރުމަކީ އެއްވެސް މުފުތީއަކަށް ވެސް އަދި އެއްވެސް ޣާޒީއަކަށް ވެސް ﷲ ދެއްވާފައިވާ ބާރެއް ނޫން ކަމަށާއި ހެޔޮ ކަންކަމަށް ޖަޒާ ދެއްވާނީ ﷲ ކަމަށެވެ.
Meehunge Niyathaai meehunge Ikhlaastherikamaa medhu Hukum kurumaki evves Mufthi akah ves Qaazi akah ves Allah dhevvafa vaa baareh noon. هو أعلم بمن اتقى . Heyo kankamah jazaa dhevvanee Allah.
— Mohamed Shaheem Ali Saeed (@Mohamedshaheem1) March 31, 2020
ޑރ.ޝަހީމް މިގޮތަށް ޓްވީޓް ކުރައްވާފައިވަނީ ސޯޝަލް މީޑިއާގައި އެމަނިކުފާނު ފެއްޓެވި ޤުރުއާން ކިޔެވުމުގެ ޗެލެންޖަށް ބައެއް މީހުންގެ ފާޑު ކިޔުންތައް އަމާޒު ކިޔާފައި ވަނިކޮށެވެ.
ޝަހީމް މި ޗެލެންޖް ފެއްޓެވީ ކޮވިޑް19 އާއި ގުޅިގެން އާންމުން ގޭގައި ތިބޭއިރު ކުރާނެ އެކި ކަންކަމުގެ ޗެލެންޖުތައް ފޭސްބުކްގައި އާންމު ވެފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން ޓޮއިލެޓް ޕޭޕަރުން ޖަގްލް ކުރުމުގެ ޗެލެންޖެއް ވެސް ރާއްޖޭގެ ސިޔާސީ އިސްވެރިން ފުރިހަމަކޮށްފައިވެއެވެ.
ޑރ.ޝަހީމް ފެއްޓެވި ޤުރުއާން ކިޔެވުމުގެ ޗެލެންޖަށް ބޮޑު ތަރުހީބެއް ދަނީ ލިބެމުންނެވެ. އެކި އުމުރުފުރާ ތަކުގެ ވަރަށް ގިނަ ދިވެހިން މި ޕްރޮގްރާމްގައި ބައިވެރިވެ ޤުރުއާން ކިޔަވާފައިވާއިރު މަޝްހޫރު ދީނީ އިލްމްވެރިޔާ މުފްތީ މެންކް ވެސް ވަނީ ޝަހީމްގެ މި ޕްރޮގްރާމްގައި ޤުރުއާން ކިޔަވާ ވިދާޅުވެފައެވެ.