ޚަބަރު

މިދިޔަ އަހަރު އެންމެ ބޮޑު އަނިޔާއެއް ތަހައްމަލު ކުރަން ޖެހުނީ ޔާމީނަށް: ޝިޔާމް

ދެން އެމްވީ ، ދެން އޮންލައިން

ނިމިގެންދިޔަ އަހަރު ނުހައްގުން އެންމެ ބޮޑު އަނިޔާއެއް ތަހައްމަލް ކުރަން ޖެހިވަޑައިގަތީ ރައީސް ޔާމީނަށް ކަމަށް އިދިކޮޅު ޕީޕީއެމްގެ ނާއިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

Ads by MWSC

ޔާމީން މިނިވަން ކުރުމަށް ގޮވާލާ ކުރެއްވި ޓްވީޓެއްގައި ސިޔާމް ވިދާޅުވީ 2020ގެ ފުރަތަމަ ދުވަހުވެސް ގޮވާލަނީ ރައީސް ޔާމީނަށް ކުރާ އަނިޔާ ހުއްޓާލާ މިހާރުން މިހާރަށް އެމަނިކުފާނު މިނިވަން ކުރުމަށް ކަމަށެވެ.

"2019 ވަނަައަހަރު ނުހައްޤުން އެންމެ ބޮޑުއަނިޔާއެއް ތަޙައްމަލްކުރަން ޖެހިވަޑައިގަތީ ރައީސް ޔާމީނަށް. 2020ގެ ފުރަތަމަ ދުވަހުވެސް ގޮވާލަނީ އެމަނިކުފާނަށް ކުރާއަނިޔާ ހުއްޓާލާ މިހާރުން މިހާރަށް މިނިވަންކުރުމަށް. ލޮބުވެތި ރައްޔިތުންނަށް ބާއްޖަވެރި އަހަރަކަށް އެދެން." ޝިޔާމް ކުރެއްވި ޓްވީޓުގައި ބުންޏެވެ.

ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި މިދިޔަ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު ވަނީ ފަސް އަހަރުގެ މުއްދަތަކަށް ޖަލަށް ލާން ހުކުމްކޮށްފަ އެވެ. އަދި ހަ މަސް ދުވަހުގެ ތެރޭގައި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް މީރާއަށް ދައްކަން ވެސް ހުކުމް ކޮށްފައިވެ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!