މޮސްޓާ، ނަޝީދު ވެއްޓުނު ވީޑިއޯއަށް: ކިތަންމެ ދެރަވިޔަސް އެމްޑީޕީ ކުދިންގެ "ގޯޑް" މިއޮތީ ވެއްޓިފަ!
ޓޮއިލެޓް ޕޭޕާ ރޯލެއް ނުވަތަ ޓިޝޫ ރޯލެއް ބޭނުންކޮށްގެން ވީހާވެސް ގިނަ ވަގުތު ޖަގްލްކުރުމުގެ ޗެލެންޖު ފުރިހަމަ ކުރަން އުޅުމުގެ ތެރެއިން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެއްޓިވަޑައިގަތުމުން ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ(މޮސްޓާ) ފާޑުވިދާޅުވެއްޖެއެވެ.
ޓޮއިލެޓް ޕޭޕާ ރޯލެއް ނުވަތަ ޓިޝޫ ރޯލެއް ބޭނުންކޮށްގެން ވީހާވެސް ގިނަ ވަގުތު ޖަގްލްކުރުމުގެ ޗެލެންޖަކީ މިދުވަސްކޮޅު ވަރަށް ބޮޑަށް ވައިގައި ހިފާފައިވާ ޗެލެންޖެކެވެ.
ނަޝީދު ވެސް މިވަނީ މި ޗެލެންޖް ފުރިހަމަ ކުރުމަށް މަސައްކަތް ކޮށްފައެވެ. އެހެން ނަމަވެސް އެމަނިކުފާނު ޓޮއިލެޓް ޕޭޕަރުގައި ޖެހިތަނާ ތަޅުން މައްޗަށް ވެއްޓުނީއެވެ.
މިކަމާ ގުޅޭ ގޮތުން މޮސްޓާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކިތަންމެ ދެރަވިޔަސް އެމްޑީޕީ ކުދިންގެ "ގޯޑް" މިފަހަރު މިއޮތީ ވެއްޓިފައި ކަމަށެވެ.
"ދުނިޔެ އާއި ރާއްޖެ ހުއްޓުމަކަށް ނާންނާނެ ކަމަށް ގަދަ ބަސް ބުނި. ދުނިޔެ ވެސް ހުއްޓިފައި ،ރާއްޖެ ވެސް ހުއްޓިފައި، ހަޖަމް ކޮށްލާ" މޮސްޓާ ވިދާޅުވިއެވެ.
Kithame dhera vias mdp kudhin ge God mifaharu mi othee vettifa ... dhuniye aa raajje huttumakah naane kamah gadha bas buni... dhuniye ves huttifa raajje ves huttifa... hajam kolla pic.twitter.com/qqBqWYPhYQ
— Mohamed Nasheed Abdulla (@MNA_MosTaaA) March 31, 2020
މޮސްޓާ އަކީ އަބަދުވެސް އެމްޑީޕީ އާއި އަދި ހާއްސަކޮށް ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން އަންނަ ބޭފުޅެކެވެ.