އުރީދޫން އާ އަހަރަށް އިތުރު އޮފާތަކެއް: 5ޖީ ސްޕީޑުގައި އަންލިމިޓެޑް ޑޭޓާ އާއެކު މުޅިން އާ އެޑް-އޮންސް!
އުރީދޫ މޯލްޑިވްސްއިން އާ އަހަރުގެ އޮފާތަކަށް އަނެއްކާވެސް އިތުރު ފުރިހަމަ ކަމެއް ގެނެސް ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ވަރުގަދަ 5ޖީ ނެޓްވޯކްގެ ހަލުވި ސްޕީޑުގައި އަންލިމިޓެޑް ޑޭޓާ ހިމެނޭހެން ޕްރިޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް މުޅިން އާ އެޑް-އޮންތަކެއް ތައާރަފުކޮށްފި އެވެ.
އުރީދޫން އަލަށް ލޯންޗްކުރި އެޑް-އޮންތަކަކީ:
- ޕަވާސްޕީޑް ޕްރޯ: އެންމެ 125 ރުފިޔާއަށް ހަލުވި ސްޕީޑްގައި އަންލިމިޓެޑް ޑޭޓާ އަދި ކޯލް، 25 ގަޑިއިރަށް
- ޕަވާސްޕީޑް: 25 ޖީބީ ޑޭޓާ އަދި އުރީދޫ ކޯލްތައް އެންމެ 25 ރުފިޔާއަށް، 60 ގަޑިއިރަށް
މި އާ 5ޖީ އެޑް-އޮންތަކުގެ އިތުރުން، އުރީދޫ މޯލްޑިވްސްއިން ވަނީ ބޮޑެތި ޑޭޓާ އާއެކު މިނޫންވެސް އާ އަހަރުގެ އޮފާތައް ތައާރަފުކޮށްފަ އެވެ. އެގޮތުން:
- 175 ޖީބީ އާ ހަމައަށް ބޯނަސް ޑޭޓާ ހިމެނޭ އާޗާ ޕްރީޕެއިޑް، އުރީދޫ ޑޭޓާ އަދި މަގޭ ޕްލޭންތައް
- 150 ޖީބީ އެންމެ 150 ރުފިޔާއަށް ލިބޭ ބޮޑު ޗުއްޓީ ޕެކް، 5 ދުވަހަށް
- ދިގު މުއްދަތަށް ބޭނުން ކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ އާޗާ ޕްލޭންތަކާ އެކު 12 މަހަށް، 6 މަހަށް އަދި 3 މަހަށް ކޮންމެ ދުވަހަކު ޑޭޓާ ލިބޭ ޕްލޭންތައް
އާ އަހަރާ ގުޅުވައިގެން ތައާރަފުކުރި މި އޮފާތަކަކީ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ ހާއްސަ ޕްރޮމޯޝަނުގެ ބައެއް ކަމަށް އުރީދޫން ބުންޏެވެ. މި އެޑް-އޮންތައް އުރީދޫ އެޕް މެދުވެރިކޮށް އެކްޓިވޭޓް ކުރެވޭނެ އެވެ.
އުރީދޫ މޯލްޑިވްސްއިން ވަނީ ހުރިހާ ފަރާތްތަކަށް ވެސް މި ފެށޭ އާ އަހަރުގެ ކޮންމެ ދުވަހަކީ ގުޅިފައިވާ، އުފާވެރި ބާއްޖަވެރި އަހަރަކަށް އެދިފަ އެވެ.