ޖީޖީ ހަދީދް ވިހެއީތަ؟

މަޝްހޫރު ލަވަކިޔުންތެރިޔާ ޒޭން މަލިކްގެ ލޯބިވެރިޔާ އަދި ވިކްޓޯރިއާސް ސީކްރެޓްގެ މޮޑެލް ޖީޖީ ހަދީދް ވިހައިފި ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ނަމަވެސް ޖީޖީ ވިހާފައިވާ ކަން ޒޭން ވެސް ޖީޖީ ވެސް ހާމަކޮށްފައެއް ނުވެއެވެ.
ޖީޖީ ވިހާފައިވާ ކަމަށް ރިޕޯޓުތައް ބުނެފައިމިވަނީ ޖީޖީގެ ބައްޕަ އިންސްޓަގްރާމް ގައި ކުރި ޕޯސްޓަކާ ގުޅިގެންނެވެ. ޖީޖީ ގެ ބައްޕަ މުހައްމަދު ބުދަ ދުވަހު އިންސްޓަގްރާމް ގައި ކުރި ޕޯސްޓުގައި ބުނެފައިވަނީ "ލޯބިވާ ކާފަ ދަރިފުޅަށް" މުހާތަބު ކޮށެވެ. އަދި އެ ދަރިފުޅުގެ ގާތުގައި އަބަދުވެސް ވާނެ ކަމަށް މުހައްމަދު ބުނެފައި ވެއެވެ.
މުހައްމަދު ވަނީ އިންސްޓަގްރާމް އިން މި ޕޯސްޓު ޑިލިޓު ކޮށްލާފައެވެ.
އެއާއެކު ފޭނުން ދަނީ ޖީޖީ ވިހެއީ ކަމަށް ބުނަމުންނެވެ. އަދި މުހައްމަދު އެ ޕޯސްޓު ޑިލިޓު ކުރުމަކީ އޭގެ ހެއްކެއް ކަމުގައި ބުނަމުންނެވެ.
ޖީޖީ އާއި ޒޭން އަށް ކުއްޖަކު ލިބެން އުޅޭ ކަން ހާމަކޮށްފައިމިވަނީ އޭޕްރިލް މަހުގެ ތެރޭގައެވެ.
ޖީޖީ ވިހާފައިވާ ކަމަށް ރިޕޯޓުތައް ބުނާއިރު، ޖީޖީގެ ކޮއްކޮ ބެލާ ހަދީދް ވެސް ވަނީ ބަނޑުބޮޑު ކަން ހާމަކޮށްފައެވެ.
ނަމުން އިސްލާމުން؟
ޖީޖީ ހަދީދް އިންޓަގުރާމް ފޮލޮވާސް 58 މިލިއަން، ޒަޔާން 35.5 ފޮލޮވާސް ބަޓް ސްޓިލް ޒަޔާން މަޝްހޫރުވާހަކަ ހަބަރުގަ މިއޮތީ. ދެން.އެމް.ވީ ޑޫ ޔުއާ ރިސާޗް ބިފޯ ޕޯސްޓިން