އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ފަޔާޒް

އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ފަޔާޒް މަންސޫރު އައްޔަނުކުރައްވައިފި އެވެ.
ފަޔާޒް އެ މަގާމަށް މިއަދު އައްޔަނުކުރެއްވިކަން އެޗްޑީސީގެ އޮފިޝަލަކު ވަނީ ކަށަވަރުކޮށްދެއްވައިފަ އެވެ.
މިއީ ކުރިންވެސް އޮންނަ މަގާމެއް ނަމަވެސް މި ވެރިކަމުގައި އެ މަގާމަށް މިހާތަނަށް ވެސް އޮތީ ބޭފުޅަކު ހަމަނުޖައްސަ އެވެ
ޑީއެމްޑީގެ މަގާމަށް ބޭފުޅަކު އައްޔަނުކުރެއްވި އިރު އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ފަޒުލް ރަޝީދު ވަނީ އިސްތިއުފާ ވެސް ދެއްވައިފަ އެވެ.
ފަޒުލް އިސްތިއުފާ ދެއްވީ ބިންވެރިޔާ ސްކީމުން ގޯތި ނުލިބޭ މީހަކަށް ގޯތި ދިން މައްސަލައިގައި އެޗްޑީސީގެ ބޯޑުގެ ގިނަ މެމްބަރުންނާއެކު ސަސްޕެންޝަންގައި ހުންނަވަނިކޮށެވެ.
އޭގެ ފަހުން އެޗްޑީސީގެ އެމްޑީއަކަށް ސަރުކާރުން ވަނީ މުހައްމަދު މައުރޫފް ޖަމީލު އައްުޔަނުވެސް ކުރައްވައިފަ އެވެ.
ބިންވެރިޔާ ސްކީމުގެ މައްސަލަ ފުލުހުންނާއި އޭސީސީން ވެސް މިހާރު ދަނީ ބަލަމުން ނެވެ.