ޚަބަރު

ޝުޢައިބު ސަސްޕެންޑު ކުރެއްވި ޚަބަރު ޓްވީޓު ކުރެއްވީ، ރައީސް ނަޝީދުއަށް ހަޖޫ ޖެހޭނެކަމަށް އެމަނިކުފާނު ވިދާޅުވާ ވީޑިއޯ އަކާއެކު

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ފިޔަވަޅު އަޅާ ކޮމިޓީގެ ނައިބު މުގައްރިރު ކަމުންނާއި މެމްބަރުކަމުން ޝުޢައިބު ޢަލީ ސަސްޕެންޑު ކުރީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ ކާޓޫނު ކުރެހި މައްސަލައެއްގައިކަން ހާމަވެއްޖެއެވެ.

Ads by MWSC

އެމްޑީޕީން ބުނިގޮތުގައި ޝުޢައިބު އެކަހެރި ކޮށްފައިވަނީ ފިޔަވަޅުއަޅާ ކޮމެޓީއަށް ހުށަހެޅި، އަދި ބަލަމުންދާ މައްސަލައަކާ ގުޅިގެންނެވެ. އެކަމުގެ ތަފްސީލެއް އެމްޑީޕީން ދީފައެއް ނުވެއެވެ.

ނަމަވެސް ޝުޢައިބު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އޭނާ ސަސްޕެންޑު ކޮށްފައިވަނީ އެމްޑީޕީ ގެ ވެރިންގެ ކާޓޫނު ކުރެހި މައްސަލައެއްގައި ކަމަށެވެ. އެޓްވީޓުގައި ޝުޢައިބު ވަނީ ރައީސް ނަޝީދުއަށް ހަޖޫ ޖެހޭނެކަމަށް އެމަނިކުފާނު ވިދާޅުވާ ވީޑިއޯއެއް ވެސް ހިމަނާފައެވެ.

އެމްޑީޕީ ގެ ފިޔަވަޅު އަޅާ ކޮމިޓީން މިއަދު ޝުޢައިބު ސަސްޕެންޑު ކޮށްފައި މިވަނީ އެޕާޓީގެ ރައީސް މުޙައްމަދު ނަޝީދު އާއި މެދު ފިޔަވަޅު އަޅައި ދިނުމަށް އެޕާޓީގެ ޗެއާޕަރސަން ޙަސަން ލަތީފު އަރިހުން ޝުޢައިބު އެދިވަޑައިގެންފައި ވަނިކޮށެވެ. އަދި އެކަމާއި ޙަސަން ލަތީފު ދެކޮޅު ހައްދަވާ ފަދަ މޭރުމަކުން ވާހަކަ ދެއްކެވުމުން، ޙަސަން ލަތީފު އާއިމެދު ފިޔަވަޅު އަޅައި ދެއްވުމަށް އެދި ޝުޢައިބު ވަނީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު އަރިހުން ވެސް އެދިވަޑައިގެންފައެވެ.

ޝުޢައިބު ތުހުމަތު ކުރައްވާފައިވަނީ ރައީސް ޞާލިހާއި ދެކޮޅަަށް ބަޣާވާތެއް ކުރައްވަން ޙަސަން ލަތީފު މަސައްކަތް ކުރައްވާ ކަމަށެވެ. އަދި ޗެއާޕާސަންކަމުން ހަސަން ލަތީފް ވަކިކޮށްދިނުމަށް އެ ޕާޓީގެ އެންމެ އިސް ލީޑަރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުވި ސިޓީގައި ޝުޢައިބު އެދިފައި ވެއެވެ.

Ads by HDC
  1. އެބެއިފުލހުނ އެހެންމީހުނަށ ހަޖޫޖެހިއަސްއޯކޭ
    އެހެންމީހަކުއެއޗެކޭބުނެފީއޔާ އެމީހަކުވަޒީފާއިންވަކިކޮށ އަދަބުދީހަދަންޖެހޭ.
    މީއީކޮންކަހަލައިސާފެއތޯ؟
    މިއީއަނެއދިވެހިރާށޖޭގެއިނސާފުކަންކަށަވަރު.