ޚަބަރު

މިއަދުގެ ބައްދަލުވުމުގައި އިންތިގެ ސަމާލުކަން ހުރީ ކުރަހަން!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ފިޔަވަޅު އަޅާ ކޮމިޓީގެ ނައިބު މުގައްރިރު ޝުޢައިބު ޢަލީ ގެ މައްސަލައެއް ބެއްލެވުމަށް މިއަދު އެޕާޓީން ބޭއްވި ބައްދަލުވުމުގައި ރައްޔިތުން މަޖިލީހުގެ މެންބަރު އިމްތިޔާޒު ފަހްމީ (އިންތި) އިންނެވީ ސްކެޗެއް ކުރަހާށެވެ.

Ads by STELCO

ބައްދަލުވުމަށް އެއްވެސް ސަމާލުކަމެއް ނުދެއްވާ އިންތި ކުރަހަން އިންނެވި މަންޒަރު ދައްކުވައިދޭ ފޮޓޯތަކެއް މީސް މީޑިއާގައި ވެސް ބައެއް މީހުން މިހާރު ވަނީ ދައުރު ކޮށްފައެވެ.

ދައުރުވަމުންދާ ފޮޓޯތައް އެންމެ ފުރަތަމަ އާއްމުކޮށްފައިވަނީ ވެސް އެމްޑީޕީންނެވެ. އޭގެން ފެންނަނީ އިންތި އަންހެނެއްގެ ސްކެޗެއް ކުރައްވަން އިންނަވަނިކޮށެވެ.

މިކަމާއި ގުޅިގެން އިންތި ވަކިއެއްޗެއް ވިދާޅުވެފައި ނުވި ނަމަވެސް އެކަން ފާހަގަކޮށް މީހަކު ކޮށްފައިވާ ޓްވީޓަކަށް "އިމޯޖީ" އަކުން ވަނީ ޖަވާބު ދެއްވާފައެވެ.

 

އެނގިފައިވާ ގޮތުގައި މިބައްދަލުވުމުގައި ރައީސް އޮފީހުގެ ދެމިނިސްޓަރުން ކަމަށްވާ މުހައްމަދު ޝިފާޒު އާއި ޑރ.މުސްތަފާ ލުތުފީ ގެ އިތުރުން ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މިއަދުގެ އެބައްދަލުވުމުގައި އެމްޑީޕީ ގެ ފިޔަވަޅުއަޅާ ކޮމެޓީގެ ނައިބު މުގައްރިރުކަމުންނާއި މެމްބަރުކަމުން ޝުއައިބު ޢަލީ ވަނީ ސަސްޕެންޑު ކޮށްފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!