ދައުރުވާ ފޮޓޯތަކުގައި ވާ ގޮތް މިނިސްޓަރު އިހުސާން ސާފުކޮށްދެއްވައިފި

ސަރުކާރު ހިންގާ ޕީއެންސީއަށް މެންބަރުން އިތުރުކުރުމަށް ސަރުކާރުގެ ބައެއް މުވައްޒަފުންނާއެކު ވެލާނާގޭގެ ފަންގިފިލާއެއްގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވެސް ހުންނަވައިގެން މަސައްކަތް ކުރައްވާ މަންޒަރު ހިމެނޭ ފޮޓޯތައް މިނިސްޓަރު 'ދެން އޮންލައިން' އަށް މިރޭ ސާފުކޮށްދެއްވައިފި އެވެ.
ޕީއެންސީން ހުށަހެޅި ސައްހަ ނޫން ފޯމުތަކެއް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ޕްރޮސެސްކުރި މައްސަލަ ވަނީ ވަރަށް ބޮޑަށް ހޫނުވެފަ އެވެ. ވައިކަރަދޫ ދާއިރާގެ މަޖިލިސް މެންބަރު ހުސައިން ޒިޔާދު (ފިއްޓެ) ހިމެނޭހެން އެމްޑީޕީގެ ސީނިއާ އިސް މެންބަރުންގެ ނަން ވެސް ޕީއެންސީ ދަފްތަރުގައި އޮތެވެ.
ހޯމް މިނިސްޓަރު އަލީ އިހުސާން ވެސް ހުންނަވާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވީ މި މައްސަލަ ހޫނުވެފައި ވަނިކޮށެވެ. އިހުސާނަށް އިދިިކޮޅު ޕާޓީތަކުގެ ސަޕޯޓަރުންގެ ފާޑުކިޔުން ވަނީ ބޮޑުވެފަ އެވެ.
އިހުސާން 'ދެން އޮންލައިން' އަށް ވިދާޅުވީ ފޯމުތައް ހޯދުމުގެ މަސައްކަތްކުރީ ސިޔާސީ މީހުން ކަމަށެވެ. އެ ގޮތުން މިނިސްޓްރީތަކަށް މިހާރު އައްޔަންކޮށްފައިވާ ސިޔާސީ މީހުން ވެސް ހިމެނޭނެ ކަމަށެވެ. ފޮޓޯތަކަކީ ރަސްމީ ނޫން ގަޑީގައި، އެ މަސައްކަތުގައި އުޅުނު ދުވަހެއްގެ ފޮޓޯ ކަމަށް އޭނާ ވިދާޅުވި އެވެ.
"އިދާރީ ގޮތުން އުޅުނު ބަޔަކު އަޅުގަނޑަށް ވެސް ގުޅާފައި ބުނީ، މި ކަމުގައި އުޅޭ މީހުން ޕިއްޒާ ކެއުމެއް ވެސް އެބަ އޮތޭ. ހަވީރު ގާތްގަނޑަކަށް 5:30 ހާއިރު އެއީ. އެ ގަޑީގައި ދެން އަޅުގަނޑު ގޮސް އުޅެނިކޮށް ހުރި ފޮޓޯތަކެއް އެއީ،" އެސްޓޯނިއާގައި ހުންނަވައި ދެއްވި އިންޓަވިއުގައި މިިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އިހުސާން އެ ދުވަހު ހަވީރު މުވައްޒަފުންނާއެކު ޕިއްޒާ ކެއުމުގައި
މިިިނިސްޓަރު އެސްޓޯނިއާގައި ހުންނެވީ ރައީސް ޑރ. މުހައްމަދު މުއިއްޒުއާ އެކީ ރަސްމީ ދަތުރުފުޅެއްގަ އެވެ.
މި މައްސަލާގައި ޕީއެންސީން ބުނެފައިވަނީ ފޯމުތަކުގެ ސައްހަ ކަން ކަށަވަރު ކުރުމުގެ ގާބިލްކަން ނެތުމުން ދިމާވި ކަމެއް ކަމަށެވެ. ނަމަވެސް ޕާޓީއަށް ބަޔަކު ނުރުހުމުގައި ނޭނގޭ ގޮތަށް ޒާތީ މައުލޫމާތު ބޭނުންކޮށްގެން ވެއްދުމުގެ ނިޔަތެއް ޕާޓީގެ ލީޑާޝިޕްގައާއި ރައީސް މުއިއްޒުގެ ނެތް ކަމަށް ބުންޏެވެ.
ޥެގެން ތިއުޅޭ ގޮތަކީ ނިމިދިޔަ ސަރުކާރުގެ ވެރިން ކުރި ވައްކަންތައް ތަހުގީގު ކުރަން ފެށުމުން އެކަމުން ރެކިގަންނާނެ ގޮތެއް ހޯދަނީ. މީހެއްގެ ފަރާތުން ފޮޓޯގަނޑެއް ލިބުނީމަ އެ ފެންނަ މީހަކަށް އެވަނީ ކީއްކަން އޮޅޭގޮތަށް ވާހަކަ ފަތުރާ ގަުއުމު ފިތުނަ ކުރަނީ. ޥަގުންނަށް ހީވަނީ ހުސްވެސް ތިބޭނީ ވަގުން ކަމުގަ. ޢެއީ މިވެގެން އުޅޭގޮތަކީ.
މުޅި ގައުމުގައިވެސް ސިޔާސީ ވަގުން.
ރައްޔިތުންގެ ޓެކްސްފައިސާ މުސާރަ ނަގައިގެން، ގައުމަށް ޚިދުމަތް ކުރުމުގެ ބަދަލުގައި ސިޔާސީ އެކްޓިވިސްޓުންގެ މަސައްކަތަކީ، ކޮންމެގޮތަކަށްވިޔަސް ވެރިންކަން ދިފާކުރުމަށް މަސައްކަތްކުރުން. މި ފައިސަ އެމީހުން ހަލާލުވާނެ ތިޔަ ނޫހުން ސާފުކޮށްލަދީބަލަ.