ދުނިޔެ

2030 ވަނަ އަހަރާ ހަމައަށް އިންޑިއާގެ 38 މިލިއަން ވަޒީފާ ބަދަލުވެގެންދާނެ:އީވައި ރިޕޯޓު

ޖަޒްލާ މުޙައްމަދު ، ދެން އޮންލައިން

ޖެނެރޭޓިވް އާޓިފިޝަލް އިންޓެލިޖެންސް (ޖޭންއޭއައި) ގެ ސަބަބުން 2030 ވަނަ އަހަރާ ހަމައަށް އިންޑިއާގެ 38 މިލިއަން ވަޒީފާ ބަދަލުވެގެންދާނެކަމަށް އާންސްޓް އެންޑް ޔަންގް (އީވައި) ރިޕޯޓުން ހާމަކޮށްފި އެވެ.

Ads by WAMCO

އީވައިގެ "ޖޭންއޭއައި: ދަ ނެކްސްޓް ފްރޮންޓިއާ" ރިޕޯޓުގައި ބުނީ އިންޑިއާގެ ވަޒީފާގެ ބާޒާރަށް ބޮޑު ބަދަލެއް އަންނަން އޮތްކަން އަންގައިދޭ ކަމަށެވެ.

ރިޕޯޓުގައި ބުނީ މި ބަދަލުގެ ސަބަބުން އުފެއްދުންތެރިކަން އިތުރުވެ، އައު ވަޒީފާތަކެއް އުފެދިގެންދާނެ ކަމަށެވެ. އަދި މީގެ ސަބަބުން އިންޑިއާގެ އިގްތިސޯދަށް 1.2-1.5 ޓްރިލިއަން ޑޮލަރުގެ ފައިދާއެއް ލިބޭނެ ކަމަށްވެސް ލަފާކުރެވޭ ކަމަށެވެ.

ރިޕޯޓުގައި އިތުރަށް ބުނީ ޖެންއޮތުގައި ޖެންއޭއައި ގެ ސަބަބުން ވަޒީފާތަކުގެ ބާވަތްތަކަށް ބަދަލު އަންނާނެ ކަމަށެވެ. މީގެ ތެރޭގައި ބައެއް ވަޒީފާތައް އޮޓޮމޭޓް ވުމާއި، އައު ހުނަރުތަކަށް ބޭނުންވުން ހިމެނޭ ކަމަށްވެ އެވެ. ނަމަވެސް މި ބަދަލުތަކާއެކު އައު ވަޒީފާގެ ފުރުސަތުތަކެއްވެސް އުފެދިގެންދާނެ ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

އީވައިގެ އިންޑިއާގެ ޕާޓްނާ އަދި ކޮންސަލްޓިންގް ލީޑަރު މަހެޝް މަކްހިޖާނީ ވިދާޅުވީ ޖެންއޭއައި އަކީ އިންޑިއާގެ އިގްތިސޯދަށް ބޮޑު ބަދަލެއް ގެނެސްދޭނެ ޓެކްނޮލޮޖީއެއް ކަމަށެވެ. އަދި މި ބަދަލުތަކަށް ތައްޔާރުވުމަށްޓަކައި ވިޔަފާރިތަކުން މުވައްޒަފުންނަށް އަލުން ތަމްރީނު ދިނުމާއި، އައު ހުނަރުތައް ދަސްކޮށްދިނުމަށް އިސްކަންދޭންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ރިޕޯޓުގައި އިންޑިއާގެ ވަޒީފާގެ ބާޒާރަށް އަންނަން އޮތް ބޮޑު ބަދަލު ދައްކުވައިދެ އެވެ. އަދި މި ބަދަލުތަކަށް ތައްޔާރުވުމުގެ މުހިންމުކަންވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

Ads by Ooredoo