ޚަބަރު

މި އަހަރު ފަތުރުވެރިން އަންނަ އަދަދު 50 ޕަސެންޓު މަދުވާނެ

ދެން އެމްވީ ، ދެން އޮންލައިން

މި އަހަރު ރާއްޖެއަށް ފަތުރުވެރިން އަންނާނެ ކަމަށް ލަފާކުރެވޭ އަދަދު 50 ޕަސެންޓާ ހަމައަށް ދަށަށް ދާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

Ads by MWSC

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަމީރު ވިދާޅުވީ މިހާރު ދުނިޔޭގައި ކަންކަން ހިނގަމުންދާ ގޮތުންނާއި، ރާއްޖޭގެ ފަތުރުވެރިކަން އަންދާޒާ ކުރެވޭގޮތަށް ލަފާކޮށް މިއަހަރުގެ ތެރޭގައި ރާއްޖެއަށް އަންނާނެ ކަމަށް ކުރިން ލަފާކޮށްފައިވާ ފަތުރުވެރިންގެ ޢަދަދު ފައިތުވެދިޔަ އަހަރާއި އަޅާބަލާއިދު 37 ޕަސެންޓާއި 50 ޕަސެންޓާ ދެމެދުގެ ޢަދަދަކަށް ދަށަށް ދާނެކަމަމަށް ލަފާ ކުރެވޭ ކަމަށެވެ.

އަމީރު ވިދާޅުވީ ކުރިން ހީކުރި ގޮތާއި ޚިލާފަށް އިޤްތިޞާދީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ކުރާނެކަމަށް މިހާރު ލަފާކުރެވޭކަމަށެވެ. މިހާލަތަކީ އެއްވެސް ވަރަކަށް އަންދާޒާކުރެވުނުވެސް ހާލަތަކަށްނުވާތީ މިކަމުން އަރައިގަތުމަށް ސަރުކާރުން ވަރަށްގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށްވެސް އަމީރު ވިދާޅުވިއެވެ.

މިއަހަރަށް ދައުލަތުން ލަފާކުރާ ކުރި ބަޖެޓަކީ ބޮޑު ބަޖެޓަކަށް ވީނަމަވެސް ބަޖެޓުން 12 ބިލިޔަން ރުފިޔާ ދަރަންޏަށް ވާނެކަމަށް މިހާރު ލަފާކުރެވޭކަމަށް މިނިސްޓަރ އަމީރު ވިދާޅުވިއެވެ. މީގެ އިތުރުން ޤައުމީ އުފެއްދުންތެރިކަން މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރު 5.7 ޕަސެންޓު ދައްވާނެކަމަށް ފިނޭންސް މިނިސްޓަ އިބްރާހީމް އަމީރު ވިދާޅުވިއެވެ.

މިހާލަތުގައި ސަރުކާރުން ވަނީ ދައުލަތުން ކުރަމުންދާ ޚަރަދުތަކުގެ ތެރެއިން 1 ބިލިޔަން ރުފިޔާ އުނިކުރައްވައި ޚަރަދުކުދަކުރުމަށް ނިންމާފައެވެ. މިކަމުގެ އެންމެބޮޑު ބޭނުމަކީ އިޤްތިޞާދީ ގޮތުން ކުރިމަތިވާ ދަތިތަކުން އަރައިގަނެ ތަރައްޤީގެ މަޝްރޫޢުތައް ހުއްޓުނަނުދީ ހިންގުމެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!