ލައިފްސްޓައިލް

ރާއްޖެއިން ލިބުނު ފްލޯޓިން ބްރެކްފާސްޓާއެކު ޚާލިދުގެ ލޮލުން ކަރުނަ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ސްވިމިން ޕޫލަށް ނުވަތަ މޫދަށް އެރި ތިބޭއިރު، ފްލޯޓިން ބްރެކްފާސްޓެއް ލިބުމަކީ ރާއްޖޭގެ ރިސޯޓުތަކަށް ޗުއްޓީ އަށް އަންނަ ފަތުރުވެރިންނަށް ވަރަށް ކަމުދާ ކަމެކެވެ. ރާއްޖޭގައި މިވަގުތު ޗުއްޓީ ހޭދަކުރަމުން އަަންނަ އަރަބި ވްލޮގަރު ޚާލިދު އަލް އަމޭރީ އަށްވެސް މި ވަނީ ފްލޯޓިން ބްރޭކްފާސްޓު ވަރަށް ކަމުގޮސްފައެވެ.

Ads by STELCO

އަންހެނުން ސަލާމާ މުހައްމަދު އާއެކު މިވަގުތު ތާޖް އެގްޒޮޓިކާ ރިސޯޓް އެންޑް ސްޕާ ގައި ޗުއްޓީ ހޭދަކުރަމުން އަންނަ ޚާލިދު ވަނީ އޭނާގެ ފްލޯޓިން ބްރޭކްފާސްޓު ހިއްސާކޮށް އޭނާގެ ޝުއޫރުތައް ހިއްސާކޮށްފައެވެ.

އެގޮތުން ޚާލިދު ބުނި ގޮތުގައި އެކި މީހުން ހުވަފެން ދެކޭނީ އެކި ކަންކަމަށް ކަމަށާއި މިއީ އޭނާގެ ހުވަފެނެއް ހަގީގަތަކަށް ވުން ފަދަ ކަމެއް ކަމަށެވެ. ޚާލިދު އޭނާގެ އިހުސާސްތައް ކިޔައިދެމުން ދިޔައިރު އޭނާ ހުރީ އުފަލުން ރޮވިފައެވެ.

ދިވެހިންގެ ތެރޭގައި ވެސް މަގުބޫލު ކަން ހޯދާފައިވާ ޚާލިދާއި ސަލާމާއި ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އައިސްފައިވަނީ މި މަހުގެ 15 ވަނަ ދުވަހުއެވެ.

ރާއްޖެ އައުމަށްފަހު މި ދެމަފިރިން އަންނަނީ އިންސްޓަގްރާމް ސްޓޯރީގައި ރާއްޖޭގެ ފޮޓޯތަކާއި ވީޑިއޯތައް އިންސްޓަގްރާމް ސްޓޯރީ މެދުވެރިކޮށް ހިއްސާ ކުރަމުންނެވެ. އެގޮތުން ޕެރެސެއިލިން, ޖެޓްސްކީ ދުއްވުމާއި ސްނޯކްލިން ފަދަ ގިނަ ކަންކަން މި ދެމަފިރިން އަންނަނީ ރާއްޖޭގައި ތަޖުރިބާ ކުރަމުންނެވެ.

ޚާލިދަކީ އަރަބިންގެ ތެރެއިން މީސްމީޑިއާގައި އެންމެ ނުފޫޒުގަދަ އެކެކެވެ. އެކުވެރި އަރަބި އިމާރާތުގެ ރައްޔިތެއް ކަމަށްވާ ޚާލިދު އާއި ސަލާމާގެ މުޅިއަކު 3.5 މިލިއަން ފޮލޯވާސް ތިބޭ ކަމަށް މީޑިއާތައް ބުނެއެވެ.

ޚާލިދު އާއި ސަލާމާ އަންނަނީ އެކި ކަހަލަ ވީޑިއޯތައް ހަދާ މީސްމީޑިއާގައި ހިއްސާކުރަމުންނެވެ. އެކި ގައުމުތަކުގައި ވެސް ޚާލިދު އާއި ސަލާމާ ވީޑިއޯތައް ނަގާފައިވެއެވެ. އެންމެ ފުރަތަމަ ވީޑިއޯ ހަދަން ފެށިއިރު ޚާލިދު ދުވާލަކު ވީޑިއޯ އެއް ހިއްސާ ކުރެއެވެ. ޚާލިދުގެ ބުރަ މަސައްކަތުން މިއަދު ޚާލިދަކީ މީސްމީޑިއާގައި ނުފޫޒުގަދަ، މީހުން ބަލައިގަންނަ ކާމިޔާބު މީހެކެވެ.

  1. ީއިންސާނެތް

    ބަަލަ ތިއައްވުރެ ގިނަ ސަބްސްކުރައިބާރސް ހުރި މީހުން ވެސް ރާއްޖެ އައިއްސަ އެބަ ދޭ… ވީޑިއޯ ވެސް ލާފައި އެބަހުރި

    • ޖިންނިއެއް

      ކޮބާބާ މައްސަލައަކީ ދެން؟
      މިއަށްވުރެ ފޮލޯވަރސް މަދު އަދި ނެތް މީހުންވެސް ވީޑިއޯ ލާފަ އެބަހުރި