އުރީދޫގެ ޓެލެކޮމް ތަޖުރިބާތައް ފެންނަ އާ ކެމްޕޭނެއް ފަށައިފި އެެވެ.
އުރީދޫ މޯލްޑިވްސްއިން މި ކެމްޕޭން ފަށާފައިވަނީ އެ ކުންފުނީގެ ވަރުގަދަ ނެޓްވޯކް ދައްކުވައިދޭ ކުރު، ހިތްގައިމު އިސްތިހާރުތަކަކާ އެކުގަ އެވެ.
ކެމްޕެއިނުގައި އާންމުންނަށް އާއްމުކޮށް ދިމާވާ ކަނެކްޓިވިޓީގެ މައްސަލަތައް މަޖާ ގޮތަކަށް ދައްކުވައިދޭއިރު، މައިގަނޑު ކެރެކްޓާ ތައްޔާރުކޮށްފައިވަނީ ފިލްމީ ދާއިރާގެ ޒަމާނީ ޓެކްނޮލޮޖީތައް ބޭނުންކޮށްގެންނެވެ.
އޭއައި އާއި ފެންވަރު ރަނގަޅު ޕްރޮސްތެޓިކްސްގެ އެހީގައި ތަރައްގީކޮށްފައިވާ ކެރެކްޓާތަކުން ކަނެކްޓިވިޓީގެ މައްސަލަތައް ދިމާވާ ސަބަބުތައް ގެނެސްދީފައިވަނީ މަޖާ އަދި މުނިފޫހިފިލުވައިދޭ ގޮތަކަށެވެ.
އުރީދޫން ބުނީ އެ ކެރެކްޓަތަކަކީ އެ ކުންފުނީގެ މެސްކޮޓްތަކެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި ކެރެކްޓާތައް ފައްކާކޮށްފައިވަނީ ނެޓްވޯކުގެ ތަޖުރިބާ ދަށްވުމުން ލިބޭ މާޔޫސްކަން މަޖާ ގޮތަކަށް ގެނެސްދިނުމަށް ކަމަށެވެ. އެއީ ގޭމެއްގެ ތެރޭގައި ފަހަތަށް ޖެހުން ނުވަތަ ވީޑިއޯ ކޯލެއްގެ އެންމެ މުހިންމު ވަގުތުގައި ބަފަރިން ކުރުން ދައްކައިދޭ ކެރެކްޓާތަކެއް ކަމަށެވެ.
މި ސިލްސިލާގެ ފުރަތަމަ އިސްތިހާރު ހާއްސަކޮށްފައިވަނީ ގޭމިން ކޮމިއުނިޓީއަށެވެ. އުރީދޫއަކީ އެންމެ ރަގަޅު ތަޖުރިބާއެއް ލިބޭ ގޭމިން ނެޓްވޯކުކަން އިސްތިހާރުގައި ސިފަކޮށްފައިވެ އެވެ.
ކޮންމެ މާކެޓެއްގައި ވެސް މަގުބޫލު ލޯކަލް އިންފްލުއެންސަރުން ހިމަނައިގެން އުފައްދާފައިވާ އިސްތިހާރުތަކުގައި ދިމާވާ ދަތިތައް ހައްލު ކުރުމަށް ހީރޯގެ ގޮތުގައި އުރީދޫ ވަނީ ނުކުމެފަ އެވެ.
އުރީދޫގެ ގްރޫޕް ޗީފް ކޮންސިއުމާ އޮފިސަރު ބިލާލް ކަޒްމީ ވިދާޅުވީ ކަނެކްޓިވިޓީއަކީ މުނިފޫހިފިލުވުމާއި މަސައްކަތާއި ދިރިއުޅުމުގެ މައިބަދައަކަށް ވެގެންދާއިރު، އުރީދޫން ކިޔައިދެނީ ހަގީގީ ރަނގަޅު ނެޓްވޯކް ތަޖުރިބާއެއް ލިބުމަކީ ކޮބައިކަން ކަމަށެވެ. މި ކެމްޕޭނަކީ އުރީދޫގެ ނެޓްވޯކު ބޭނުން ކުރުމުން ކަސްޓަމަރުންނަށް ލިބިދޭ ފަސޭހަ ދައްކުވައިދީ، މުނިފޫހިފިލުވުމާއި މައުލޫމާތު ލިބޭ ގޮތަށް ބެލުންތެރިންނާ ގުޅުވައިދޭ ކެމްޕޭނެއް ކަމަށް ވެސް އޭނާ ވިދާާޅުވި އެވެ.
ބިލާލް އިތުރަށް ވިދާޅުވީ މި އިސްތިހާރު ސީރީޒްގެ ކުރިއަށްހުރި ބައިތަކުގައި ފެނިގެންދާ ކޮންމެ އިސްތިހާރަކީ ވެސް އެ ކުންފުނީގެ ކަސްޓަމަރުން މާޔޫސްކަން ދޫކޮށްލައި، މެދުކެނޑުމެއް ނެތި ކަނެކްޓިވިޓީ އާއި ތަފާތު ފުރިހަމަ ތަޖުރިބާއެއް އުރީދޫ އާއެކު ކުރެވޭނެ ކަމުގެ ޔަގީންކަން ލިބިގެންދާނެ އިސްތިހާރަކަށް ވާނެ ކަމަށެވެ.
މި ކެމްޕެއިންގައި އުރީދޫގެ އީޖާދީ، ޒަމާނީ ސޮލިއުޝަން އަދި ކަސްޓަމަރުންނަށް ދެވޭ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ކަސްޓަމާ ފަސްޓް އެޕްރޯޗެއް ބޭނުންކުރުމަށް ކުރާ މަސައްކަތް ދައްކުވައިދެ އެވެ.