އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ޝަރީފް އައްޔަނުކޮށްފި

އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ބޭފުޅަކު ހަމަޖައްސައިފި އެވެ.
އެމްޓީސީސީން މިއަދު ބުނީ އެ މަގާމަށް އައްޔަނުކުރީ އަހުމަދު ޝަރީފް އަބްދުއް ރަހުމާން ޔޫސުފް ކަމަށެވެ.
ޝަރީފްގެ ލީޑާޝިޕްއާއި ތަަސައްވަރުގެ ދަށުން އެމްޓީސީސީ އާ އުސްމިންތަކަށާއި ކާމިޔާބަށް ވާސިލުވެވޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވެސް އެމްޓީސީސީން ބުނެފައިވެ އެވެ.
ޝަރީފް އެ މަގާމަށް އައްޔަނުކުރެއްވި އިރު މިހާރު ވެސް ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމު އެހެން ބޭފުޅަކު ދަނީ ފުރުއްވަމުންނެވެ. އެއީ މުހައްމަދު ޖަމްޝީދު އެވެ.
އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި މިހާރު ހުންނެވީ އަހުމަދު ސައުދީ އެވެ.