ގާޒީ ސްކޫލް ކުރިމަތީ ބިން ހުސްކޮށް، ހުރި އުޅަނދުތައް ނަގައި ހުސްކުރަން އަންގައިފި
ހުޅުމާލޭގެ ގާޒީ ސްކޫލް ކުރިމަތީގައި ހުރި ބިން ހުސްކުރަން ޖެހިފައިވާތީ، އެ ބިމުގައި ބަހައްޓާފައިވާ އުޅަނދުތައް ނެގުމަށް ފުލުހުން އަންގައިފި އެވެ.
ފުލުހުން 'އެކްސް'ގައި ކުރި ޕޯސްޓެއްގައި ބުނީ ގާޒީ ސްކޫލް ކުރިމަތީ އޮންނަ ބިން ހުސްކުރަން ޖެހެނީ މާދަމާގެ ކުރިއަށެވެ. އޭގެ ކުރިއަށް އެ ސަރަހައްދުގައި ބަހައްޓާފައި ހުންނަ ތަކެތި ނުނަގައިފިނަމަ އެހެން ސަރަހައްދުތަކަށް ބަދަލު ކުރެވޭނެ ކަމަށް ފުލުހުން ބުންޏެވެ.
Ads by STO