ޚަބަރު

ކެޔޮދޫ އިން ކޮވިޑް-19ގެ އަލާމާތްތައް ހުރި މީހަކު ޓެސްޓު ކުރަނީ، ރަށް ލޮކްޑައުން ކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ވ. ކެޔޮދޫ ލޮކްޑައުންކޮށް އެ ރަށުން ދިވެއްސަކު ކޮވިޑް-19 އަށް ޓެސްޓް ކުރުމުގެ މަސައްކަތް ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ)އިން ފަށައިފި އެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ކެޔޮދޫއިން ކޮވިޑް19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ހުރި ދިވެއްސެއް ފެނިފައިވާކަމަށެވެ.

އަދި އެކަމާއި ގުޅިގެން އެރަށް މޮނީޓަރިންގެ ހާލަތަށް ގެނެސް ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ވިދާޅުވި އެވެ.

މިހާތަނަށް ރާއްޖޭގައި 19 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އޭގެ ތެރެއިން 13 މީހަކު ރަނގަޅުވެ މިހާރު ތިބީ މޮނީޓަރިންގެ ކަރަންޓީނުގަ އެވެ. ފައްސިވި ދެ އިޓަލީ މީހަކު ވަނީ ރާއްޖެއިން ގޮސްފަ އެވެ.

ފައްސިވި 19 މީހުންގެ ތެރެއިން ހަތަރު މީހުންނަކީ އިނގިރޭސިވިލާތުން ރާއްޖެ އައި ދިވެހިންނެވެ. އެމީހުން ރާއްޖެ އައި ގޮތަށް ތިބީ ކަރަންޓީނުގަ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!