ޚަބަރު

މިސްކިތަށް ދިޔަ މީހެއްގެ ގައިގައި ސައިކަލުން ޖެއްސުމަށްފަހު ފިލައިފި

ދެން އެމްވީ ، ދެން އޮންލައިން

މިސްކިތަށް ދިޔަ އުމުރުން ދުވަސްވީ މީހެއްގެ ގައިގައި ސައިކަލުން ޖެއްސުމަށްފަހު ފިލި މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

Ads by STELCO

ފުލުހުން ބުނީ މިރޭ 7:38 ހާއިރު ފުރުގާން މިސްކިތް ކައިރި ކަފިހި ހުރަސްމަތިން މިސްކިތަށްދިޔަ އުމުރުން 56 އަހަރުގެ ފިރިހެނެއްގެ ގައިގައި ސައިކަލަކުން ޖައްސާ އެކްސިޑެންޓުކޮށް، ސައިކަލު ދުއްވި މީހާ ސައިކަލުގައި ފިލާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އަނިޔާވި މީހާގެ ބޯ ފަޅައިގެން ގޮސްފައިވާއިރު އޭނާގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން ބުނެއެވެ.

އަދި ސީސީޓީވީ ފުޓޭޖް ބަލައިގެން އެކްސިޑެންޓުކޮށްފައި ފިލި މީހާ ދުއްވި ސައިކަލު ހޯދުމަށްފަހު ޓޯކޮށްފައިވާ ކަމަށާއި އަދި އޭނާ ހޯދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!