'' މުސާރަވެސް ނުދިން، ގައުމަށް ދާން ޓިކެޓްވެސް ނުދިން''

"އަހަރެން ބޭނުންވަނީ އިންސާފު" ސޯޝަލް މީޑިއާގައި މިއަދު ދައުރުވަމުންދާ ވީޑިއޯއެއްގައި ރާއްޖޭގައި މަސައްކަތްކުރާ އައި އިންޑިއާގެ ޖަލާލުއްދީން ބުންޏެވެ.
ޔުނިކް ޗޮއިސް ޕްރައިވެޓް ލިމިޓެޑު ކުންފުނީގައި މަސައްކަތްކުރާ ޖަލާލުއްދީން ބުނީ ބަރާބަރަށް މުސާރަ ނުލިބޭތަ 10 މަސްވެއްޖެ ކަމަށެވެ.
"10 މަހުގެ މުސާރަ ނުދެވެންޏާ 2 މަސް ނޫނީ 3 މަސް ދުވަހުގެ މުސާރަވިޔަސް ދީ" އެކްސް ގައި މިދުއަމް ސައުދު ހިއްސާކުރި ވީޑިއޯގައި ޖަލާލުއްދީން ބުންޏެވެ.
ޖަލާލުއްދީން އެދެނީ އޭނާ އަށް އަނބުރާ އިންޑިއާ އަށް ދެވޭނެ ގޮތެއް ހަމަޖައްސައި ދިނުމަށެވެ.
"އިންޑިއާ އަށް ދާން ޓިކެޓު ދީ" އާދެސް ކުރަމުން އޭނާ ބުންޏެވެ.
މިދިއުމަ ބުނީ މުސާރަ ނުލިބޭތީ ކުލި ނުދެއްކިގެން ދިރިއުޅޭ ތަނުން ޖަލާލުއްދީން ނެރެލާފައިވާ ކަމަށެވެ. ބިދޭސީ މީހާ މިވަގުތު ހުރީ ހެންވޭރު ޓެކްއަވޭ އައުޓްލެޓެއްގައި ކަމަށް މިދުއަމް ބުންޏެވެ.
އެ މައްސަލައާ ގުޅޭ ގޮތުން ސުވާލުކުރުމުން ފުލުހުން މީޑިއާ އޮފިޝަލް "ދެން" އަށް ވިދާޅުވީ އެ މީހާގެ މައްސަަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.
"ހިއުމަން ޓްރެފިކިންގެ ކުށަކަށް އެ މައްސަލަ ފެތޭތޯ ފުލުހުން ބަލާނެ" މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
ދާދި ފަހުން ވެސް ރާއްޖެއަށް ގެނައި އިންޑިއާގެ ލޭބަރުންތަކަކަށް މުސާރަ ނުދީ އެ މީހުން ހާލުގައި ޖެހިހެން އުޅުނު މައްސަލަައެއް ސޯޝަލް މީޑިއާއިން ފެންމަތިވި އެވެ.
އެ ލޭބަރުންގެ މައްސަަލަ އިންޑިއާ ސަރުކާރުން ރާއްޖޭގެ އިދާރާތަކުގެ ސަމާލުކަމަށް ގެނައުމުން އެ މައްސަލަ ބަލަން ފަށާފައިވާކަމަށް ފުލުހުން ކުރިން ބުނެފައިވެ އެވެ.