ޚަބަރު

އަންހެން ހެދުން އަޅައިގެން ވައްކަން ކުރަން އުޅުނު ދެ މީހަކު ހައްޔަރުކޮށްފި

. ، ދެން އޮންލައިން
އަންހެން ހެދުން އަޅައިގެން ވައްކަން ކުރަން އުޅުނު ދެ މީހުން

އަންހެން ހެދުން އަޅައިގެން މާލޭ މާވެޔޮ މަގު ކަންމަތީ ގައި ވައްކަންކުރަން އުޅުނު ދެ މީހަކު ހައްޔަރުކޮށްފި އެވެ.

Ads by STELCO

ފުލުހުންގެ މީޑީއާ އޮފިޝަލް "ދެން" އަށް މިއަދު ވިދާޅުވީ ސިފަ ބަދަލުކޮށްގެން ވައްކަންކުރަން އުޅުނު ކަމުގެ ތުހުމަތުގައި ދެ މީހުން ހައްޔަރުކުރީ ރޭ ދަންވަރު 2:39 ހާއިރު ކަމަށެވެ.

"މި މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައިއިރު ތިބީ އަންހެން ހެދުން އަޅައިގެން" މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

އެ މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ގދ. ވާދޫ، ލިލީގެ، މުހައްމަދު ސަބާހު (46އ) އަދި ނ. މިލަދޫ، ސޯސަންގެ، މުހައްމަދު ނައުޝާދު (42އ) އެވެ.

ފުލުހުން ބުނީ އެ ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ބަންދަށް 15 ދުވަސް ދީފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.

  1. މީހާ

    ދެން ދޫކޮށްލާ..