ޚަބަރު

އާ އަހަރުގެ އޮޕަރޭޝަން: ބަންދުގައި ތިބީ 19 މީހުން

ދެން އެމްވީ ، ދެން އޮންލައިން

އާ އަހަރާ ގުޅުވައިގެން ފުލުހުން ހިންގި އޮޕަރޭޝަނުގައި 65 މީހުން ހައްޔަރުކުރި ކަމަށާއި އޭގެތެރެއިން ބަންދުގައި މިހާރު ތިބީ 19 މީހުން ކަމަށް ފުލުހުން ބުނެފިއެވެ.

Ads by MWSC

މި އޮޕަރޭޝަނުގައި މީހުން ހައްޔަރުކޮށްފައިވަނީ މާލޭގެ އިތުރުން އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީ އަދި ގދ އަތޮޅުންނާއި ށ އަތޮޅުން އަދި ރ އަތޮޅުންނެވެ.

އެގޮތުން ފުވައްމުލަކުން 23 މީހަކު ހައްޔަރުކުރި އިރު، މާލެ ސިޓީން 19 މީހަކު، އައްޑޫ ސިޓީން 15 މީހަކު، ށ. އަތޮޅުން ހަ މީހަކު އަދި ގދ. އަތޮޅުން މީހަކާއި ރ. އަތޮޅުން މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

މިމީހުންގެ ތެރެއިން މިހާރު ހައްޔަރުގައި ތިބީ 19 މީހުން ކަމަށްވާއިރު އޭގެ ތެރޭ ހިމެނެނީ އައްޑޫ އިން ހައްޔަރު ކުރި ދެ މީހަކާއި ފުވައްމުލަކުން ހައްޔަރު ކުރި ފަސް މީހެއްގެ އިތުރުން މާލެ އިން ހައްޔަރު ކުރި ހަތް މީހަކާއި ގދ އަތޮޅުން ހައްޔަރު ކުރި މީހެއްގެ އިތުރުން ށ އަތޮޅުން ހައްޔަރުކުރި ހަތަރު މީހެކެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!