ޕްރިންޓް ކުރުމާއި ޕްރިންޓް ކުރުން: އޯއާރް އިންކް

އޯއާރް އިންކް ޕްރައިވެޓް ލިމިޓެޑުގެ ހިދުމަތްތައް މިހާރު ވަނީ އާންމުންނަށް ތައާރަފު ކުރެވިފަ އެވެ. މިއީ ޒުވާން ޓީމެއްގެ ކުރިއެރުމާ އެކު ކުރިއަރަމުން އަންނަ ކުންފުންޏެކެވެ. މަދު ދުވަސްކޮޅެއްގެ ތެރޭގައި ގިނަ ފުރިހަމަ މަސައްކަތްތަކެއް ކޮށް، ބޮޑެތި ކުންފުނިތަކުގެ އިތުބާރު ހޯދާފައިވާ ކުންފުންޏެކެވެ.
އޯއާރް އިންކްއިން އިވެންޓްތަކަށް ބޭނުންވާ ބެކްޑްރޮޕް ޕްރިންޓް ކޮށް، އިންސްޓޯލް ކޮށްދިނުމުގެ ހިދުމަތް ފޯރުކޮށްދެ އެވެ. މީގެ އިތުރުން ފިހާރަ އަދި ޕްރޮމޯޝަންތަކަށް ބޭނުންވާ ސްޓިކާ ޕްރިންޓް ކުރުމުގެ ހުނަރުވެރި މަސައްކަތް ވެސް ކޮށްދެ އެވެ.
ބިޒްނަސް ކާޑު އަދި ކުންފުނިތަކުގެ ޕްރޮފައިލް ފަދަ ތަކެތި މަދު އަދަދަކުން ނަމަވެސް ޕްރިންޓް ކޮށްދިނުމުގެ ހިދުމަތް ފޯރުކޮށްދެ އެވެ. އަދި ހާއްސަކޮށް ފަރުމާކުރެވިފައިވާ ޓްރޮފީ ހެދުމާއި އެންގްރޭވް ކުރުމާއި މި ދާއިރާގެ ގިނަ ހިދުމަތްތަކެއް ލިބެ އެވެ.

ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ވެސް ހިދުމަތް ލިބޭނެ އެވެ. ކުއްލި އަދި ހާއްސަ މަސައްކަތެއް ހުރި ނަމަ 24 ގަޑިއިރު ވެސް މަސައްކަތް ކުރެވޭނެ އެވެ.
އޯޑަރު ކުރެއްވުމަށް އަދި އިތުރު މައުލޫމާތު ހޯއްދެވުމަށް 7999513 އަށް ގުޅުއްވާށެވެ. އިންސްޓަގްރާމްގައި @orinc.mv އިން ވެސް މައުލޫމާތު ލިބިވަޑައިގަންނަވާނެ އެވެ.

އޯއާރް އިންކް އާއެކު ދެމެހެއްޓެނިވި އަދި ފެންވަރު ރަނގަޅު ހިދުމަތެއް ހޯއްދަވާށެވެ.