މި ރޯދަ މަހު އުރީދޫގެ ހަދިޔާ ހޯދާނީ ކަރާ ފަޅައިގެން، ބޮޑު އިނާމުތަކަށް އެޕަލްގެ ބިޔަ ބަންޑަލްއެއް

މި ފެށޭ ރޯދަ މަހު "ކަރާ ފަޅައިގެން" އެޕަލް ޕްރޮޑަކްޓްސްގެ ބޮޑު ބިޔަ ބަންޑަލް އެއް ލިބޭ ޕްރޮމޯޝަންއެއް ކުރިއަށް ގެންދަން އުރީދޫއިން ނިންމައިފި އެވެ.
އުރީދޫއިން ބުނިގޮތުގައި އުރީދޫގެ ސުޕަ އެޕްގައި އެކްޓިވް އެންމެނަށް އެ އެޕްއިން ފެންނަ ކަރާގައި "ޓެޕް" ކޮށްގެން "ކަރާ ފެޅުމުގައި" ބައިވެރިވެވޭނެ އެވެ.
އަދި "ކަރާ ފަޅައިގެން" ކޮންމެ ދުވަހަކު ވެސް ހިތްގައިމު އިނާމުތަކެއް ލިބޭނެ ކަމަށް އުރީދޫއިން މައުލޫމަތު ދިނެވެ. އޭގެ ތެރޭގައި ގްރޭންޑް ޕްރައިޒް އިނާމަކައި ކޮންމެ ދުވަހަކު ލިބޭ އިނާމުތައް ހިމެނެ އެވެ.
ކަރާ ފަޅައިގެން ގްރޭންޑް ޕްރައިޒް ލިބޭ ފަރާތަކަށް ދޭން ނިންމާފައި ވަނީ 10 އެޕަލް ޕްރޮޑަކްޓްސް ހިމެނޭ ބިޔަ ބަންޑަލް އެކެވެ؛
- އެޕަލް އައިފޯން 16 ޕްރޯ
- މެކްބުކް އެއާ
- އެއާޕޮޑްސް 4
- އެޕަލް ވޮޗް
- އެޕަލް ޓީވީ
- އެޕަލް ހޯމްޕޮޑް
- އެޕަލް އައިޕެޑް
- އެޕަލް ޕެންސިލް
- އެއާޕޮޑްސް މެކްސް
- 65" ޓީވީ
ކަރާ ފަޅައިގެން ކޮންމެ ދުވަހަކު ހިލޭ ޑޭޓާ އެޑް އޮންސް، އެއާފްރަޔާ، ވެކިއުމް ކްލީނަރ، ނިންޓެންޑޯ ސްވިޗް، އެޕަލް ވޮޗް ފަދަ ހަދިޔާތައް ވެސް ލިބޭނެ ކަމަށް އުރީދޫއިން ބުންޏެވެ.
މި ފަހަރު އުރީދޫން ކުރިއަށް ގެންދާ ރޯދަ ޕްރޮމޯޝަންގެ ތެރެއިން ނޫރު ނަމަކަށް ކިޔާ ކުޑަކުއްޖެއްގެ ފުރަތަމަ ރޯދަމަހުގެ ތަޖުރިބާތައް ގެނެސްދޭނެ އެވެ. އެގޮތުން ނޫރަށް އޭނާގެ ބައްޕަގެ ފަރާތުން ހާއްސަ ފޮތެއް ދީ، ކެތްތެރިކަމާއި، ނަމާދާއި ދީލަތިކަން ޒަމާނީ އިސްލާމީ ވާހަކަތައް ގެެނެސްދޭނެ ކަމަށް އުރީދޫއިން ބުންޏެވެ.