ޚަބަރު

ކުޅުދުއްފުށި، ސިޓީއަކަށް ހެދުމުން ނުފުދޭ، ތަރައްގީ ވެސް ގެންނަން ޖެހޭ: އިދިކޮޅު

ދެން އެމްވީ ، ދެން އޮންލައިން

ކުޅުދުއްފުއްޓަށް ސިޓީއެއްގެ ދަރަޖަ ދިނުމުން އަދި ނުފުދޭ ކަމަށާއި، އެއާއެކު އެ ރަށަށް ތަރައްގީ ވެސް އަންނަންޖެހޭ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ އިން ބުނެފިއެވެ.

Ads by Hajj Corporation

ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މިކަމަށް ގޮވާލާފައިވަނީ ކުޅުދުއްފުއްޓަށް ސިޓީއެއްގެ ދަރަޖަ ސަރުކާރުން ދިނުމާއި ގުޅިގެން ނެރެފައިވާ ނޫސްބަޔާނެއްގައެވެ.

އިދިކޮޅުން ބުނީ ކުޅުދުއްފުއްޓަކީ އަބަދުވެސް ތަރައްގީ އަށް ލޯބިކުރާ ރައްޔިތެއް ދިރިއުޅޭ ރަށެއް ކަމަށާއި އެގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އެ ރަށަށް ގެނެސްދެއްވި ތަރައްގީގެ މިސްރާބަކީ ފުދުންތެރި އަދި ވިޔަފާރީގެ މަރުކަޒަކަށް ކުޅުދުއްފުށި ހެދުން ކަމަށެވެ.

އަދި އެ ތަސައްވުރު ޕީޕީއެމް/ޕީއެންސީ އިން އަބަދުވެސް ދަމަހައްޓާނެ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

"ކުޅުދުއްފުއްޓަށް ސިޓީއެއްގެ ދަރަޖަ ދިނުމުން އަދި ނުފުދެއެވެ. ސިޓީއެއްގެ ދަރަޖައާއެކު އެއާ ގުޅިގެން އަންނަ ތަރައްގީ ވަގުތުން ފެއްޓެވުމަށް ސަރުކާރަށް ގޮވާލަމަވެ" އެ ބަޔާނުގައި ބުނެފައިވެއެވެ.

އެގޮތުން ކުޅުދުއްފުށީ ރައްޔިތުންނަށް ލިބެންޖެހޭ ހިދުމަތްތައް ފުރިހަމަކޮށް، ހަލުވި ސްޕީޑުގައި ސަރުކާރުން މި މަސައްކަތް ކުރިއަށް ގެންގޮސް ކުޅުދުއްފުށީގެ ރައްޔިތުން އެދޭ ފަދަ ތަރައްގީ ވީހާވެސް އަވަހަކަށް ފޯރުކޮށްދިނުމަށް ވެސް އިދިކޮޅުން ވަނީ ސަރުކާރަށް ގޮވާލާފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!