ލައިފްސްޓައިލް

ކިލާ ހޭކިފައި ހުންނަ ގޮތަށް ޑިޒައިން ކޮށްފައިވާ ޖީންސެއް 12،000 ރުފިޔާ އަށް ވިއްކަނީ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ތަފާތު އެކި ވައްތަރުގެ ޖީންސަކީ އަބަދުވެސް ގިނަ ބައެއްގެ ލޮލުގައި އަޅައި ގަންނަ އެއްޗެކެވެ. އެގޮތުން އެކި ގޮތްތައް ވީދިފައި ހުންނަ ޖީންސާއި ކުލަ ގޮސްފައި ހުންނަ ގޮތަށް ޑިޒައިން ކުރާ ޖީންސްތަކަކީ ގިނަ ބައެއްގެ މަގުބޫލުކަން ލިބޭ ޖީންސްތަކެވެ. ނަމަވެސް މިފަހަރު މިއޮތީ ވަރަށް ތަފާތު ޑިޒައިނެއްގެ ޖީންސްއެވެ.

Ads by STELCO

ލަގްޒަރީ ބްރޭންޑެއް ކަމަށްވާ ގޫޗީ އިން މިފަހަރު ނެރުނު މި ޖީންސަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނީ ސަބަބުތަކެއް ނެތިއެއް ވެސް ނޫނެވެ. މި ޖީންސް ޑިޒައިން ކޮށްފައިވަނީ ޖީންސުގެ ކަކުލާ ދިމާލުން ކިލާ އާއި ފަތުގެ ދިޔަ ހޭކިފައި ހުންނަ ގޮތަށެވެ. އެހެން ގޮތަކަށް ބުނާނަމަ މިއީ ޖީންސެއް ލައިގެން ވިނަގަނޑެއްގެ މަތީގައި އިށީނދެ އުޅުމުން ޖީންސްގައި ޖެހޭ ލައް ތައް ދައްކުވައިދޭ ގޮތަށް ޑިޒައިން ކޮށްފައިވާ ޖީންސެކެވެ.

ކުރިއަށް އޮތް އޯޓަމް ސީޒަނަށް ހާއްސަކޮށް ގޫޗީ އިން ނެރުނު މި ޖީންސްގެ އަގަކީ 769 އެމެރިކާ ޑޮލަރެވެ. ދިވެހި ރުފިޔާ އިން ބަލާނަމަ ގާތްގަނޑަކަށް 12000 ރުފިޔާއެވެ.

ގޫޗީ އިން މިފަދަ ޖީންސެއް ނެރެފައި މިވަނީ މިފަދަ ގޮތަކަށް ކިލާވެފައި ހުރި ސްނީކާޒްއެއް ނެރުނުތާ އަހަރެއް ފަހުންނެވެ. 700 ޑޮލަރުގެ މި ސްނީކާޒް އަށް ވެސް ބޮޑު ސަމާލުކަމެއް ލިބިފައިވެއެވެ.

 

Ads by Allied Insurance
  1. ޢިންސާފު

    ޙަމަ ޔަގީނުންވެސް ތިޔައީ އަޚްލާޤީގޮތުން ދަށުދަރަޖައިގެ ހެދުމެކެވެ. ޢެހެންކަމުން މިފަދަ އިސްލާމީ މުޖުތަމައެއްގަ ތިޔަފަދަ ކަންތައްތައް ޕްރޮމޯޓް ނުކުރުމަށް ތިޔަ ނޫހުގެފަރާތުން ވ.އަދަބުވެރިކަމާއެކު އެދެމެވެ.

  2. ދިރާސާ

    ހެދުން އެޅުމުގައި އިސްލާމީ އަޚްލާޤަކީ އައުރަ ނިވާކުރުން، ނަޖިހުން ސާފުތާހިރުވެފައިވާ ހެދުމަކަށްވުން. ހެދުމުގައި ހުންނަ ކުލައަކުން ހަދާ ޑިޒައިނަކުން އިސްލާމީ އަޚްލާޤާއި ފުށުއެރުމެއްނުވޭ. ހެދުމުގައި ހުންނަ ކުރެހުން ނުވަތަ ލިޔާ ލިއުން ނުވަތަ ފެންނަ މަންޒަރަކުން އިސްލާމީ އަދަބު ތަކާއި ޚިލާފު ކަންކަން ނެތް ހިމެނިފައި ނެތްކަމުގައިވާނަމަ އެކަން ހުއްދަވާނެ. މިގޮޔުން ބަލާ އިރު ތިޔަ ޖީންސް ގޯހެްްނުންކަމަށް ބުނެވިދާނެ.

    • ދިރާސާގެ ނަތީޖާ

      ސާފު ތާހިރުކަމާނުލާ އީމާންކަންވެސް ފުރިހަމަނުވާނެކަމަށްވަނީ. ޢެހެންކަމަށްވާއިރު އެ އެއްޗަކީ ކިތަންމެ ތާހިރު އެއްޗަކަށްވިޔަސް ގަސްތުގައި، ނުތާހިރުގޮތްފެންނަ އެއްޗެއް ރީތިއެއްޗެއްގެ ގޮތުގައި ދެއްކުމަށް މަސައްކަތް ކުރުން ވާނީ ހަމަ އިސްލާމްދީނުގައި އަންގަވާފައިވާ ކަންތައްތަކަށް ގޮންޖަހާފަ އެއާއިދިކޮޅަށް ކުރެވޭ ކަމަކަށް. ރީތިކަމެއްގެ ގޮތުގައި ކުރާ މިފަދަ ކަންތައްތައް އިސްލާމީ މުޖުތަމަޢު ބަލައެއް ނުގަނޭ. ތިކަހަލަ ކަންތައް ބަލައިގަންނާނީ ޔޫރަޕް އެމެރިކާ ފަދަ، ހިއްޕިން އުޅޭ ހިސާބުތަކުގަ. މިއަށްދެން އިސްލާމީ އަޚްލާޤާ ޚިލާފްވުން ނޫން އެހެން ކޯއްޗެއްތޯ ކިޔާނީ؟