ޚަބަރު

އެމް-ފައިސާ ބޭނުންކޮށްގެން މިހާރު ހޯކްސް ޕެޓްރޯލް ސްޓޭޝަނަށް ފައިސާ ދެއްކޭނެ

. ، ދެން އޮންލައިން
ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި ހުންނަ ހޯކްސްގެ ޕެޓްރޯލް ސްޓޭޝަނެއް / ފޮޓޯ:ދަ ހޯކްސް

އެމް-ފައިސާ ބޭނުންކޮށްގެން ދަ ހޯކްސް ކުންފުނީގެ ހުޅުމާލޭ ހުންނަ ޕެޓްރޯލް ސްޓޭޝަނަށް ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖައްސައިފި އެވެ.

އުރީދޫ މޯލްޑިވްސްއިން ބުނީ ފުޅާ ދާއިރާއެއްގައި ތަފާތު އެކި ވިޔަފާރިތައް ކުރަމުން އަންނަ ދަ ހޯކްސް އާއެކު ޕާޓްނާވެ، އެ ކުންފުނީގެ ޕެޓްރޯލް ސްޓޭޝަންތަކުން ހިދުމަތް ހޯދާ ފަރާތްތަކަށް ޒަމާނީ، ރައްކާތެރި އަދި ފަސޭހަ ޑިޖިޓަލް ޕޭމަންޓް ސޮލިއުޝަން އެމް-ފައިސާ މެދުވެރިކޮށް ފައިސާ ދެއްކޭނެ އިންތިޒާމް މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.

މާލެ ސަރަހައްދު ހިމެނޭހެން ރާއްޖޭގެ އެކި ހިސާބުތަކުގައި 10 ސްޓޭޝަނެއް ގާއިމުކޮށް ހޯކްސްއިން ދަނީ ހިދުމަތް ފޯރުދެމުންނެވެ.

އެމް-ފައިސާއަކީ ފަސޭހަކަމާ އެކު ފައިސާ ޖަމާކުރުމާއި ފައިސާ ނެގުމާއި ޓްރާންސްފާ ކުރުމާ އަދި ވިޔަފާރިތަކަށް ފައިސާ ދެއްކޭ ޑިޖިޓަލް ޕޭމަންޓް ސޮލިއުޝަނެކެވެ.

މި ޕްލެޓްފޯމް މެދުވެރިކޮށް ކެފޭ، ރެސްޓޯރަންޓް އަދި ފިހާރަތަކުން ހިދުމަތް ހޯދޭނެ އެވެ. އަދި ސްޓެލްކޯ، އެމްޑަބްލިއުއެސްސީ، އުރީދޫގެ ހިދުމަތްތަކަށާއި މީޑިއާނެޓް ފަދަ ގިނަ ހިދުމަތްތަކަށް ބިލު ދެއްކުމުގެ އިތުރުން ކައްކާ ގޭހަށް އޯޑަރުކޮށް ފައިސާ ދެއްކުން ވެސް ފަސޭހަކޮށްދެ އެވެ.

އެމް-ފައިސާއިން ވަނީ އެކި ފައުންޑޭޝަންތަކާ ގުޅިގެން ސަދަގާތް ކުރުމުގެ ފުރުސަތު ވެސް ފަހިކޮށްދީފަ އެވެ.
އެމް-ފައިސާގެ ހިދުމަތް ބޭނުންކުރުމަށް ކޮންމެ ނެޓްވޯކެއްގެ ކަސްޓަމަރަކަށް ވެސް އުރީދޫ އެޕް ޑައުންލޯޑް http://ore.do/mf ކޮށް ފަސޭހަކަމާ އެކު ރެޖިސްޓާ ކުރެވޭނެ އެވެ.

ބީއެމްއެލް، އެސްބީއައި އަދި އެމްއައިބީ ގުޅިގެން އެމް-ފައިސާއިން ވަނީ ކަސްޓަމަރުންނަށް ފަސޭހަކަމާ އެކު، އޮންލައިންކޮށް ޑިޖިޓަލް ވޮލެޓް ޓޮޕްއަޕް ކުރުމުގެ ފުރުސަތު ފަހިކޮށްދީފަ އެވެ.

Ads by Allied Insurance