ކުޅިވަރު

ލީގުގެ ފުރަތަމަ މެޗުން ސިޓީއަށް ފަސޭހަ މޮޅެއް

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

އިނގިރޭސި ޕްރިމިއާރ ލީގުގައި ރޭ މެންޗެސްޓާރ ސިޓީ އާއި ވޮލްވްސް ބައްދަލު ކުރި މެޗު ފަސޭހަކަމާއެކު ކާމިޔާބުކޮށް ލީގުގެ ފެށުން ސިޓީ އިން ރަނގަޅު ކޮށްފިއެވެ.

Ads by MWSC

މިމެޗު ސިޓީ އިން ކާމިޔާބުކުރީ 3-1ގެ ނަތީޖާއަކުންނެވެ.

މެޗުގައި ދެޓީމުގެ ފަރާތުންވެސް ފެނިގެން ދިޔައީ ވާދަވެރި ކުޅުމެކެވެ. ނަމަވެސް ސިޓީއިން ދިޔައީ ވޯލްވްސްގެ ގޯލަށް ގިނަ ހަމަލާތަކެއް އަމާޒު ކުރަމުންނެވެ. އެގޮތުން މެޗުގެ ފުރަތަމަ ލަނޑު މެންޗެސްޓަރ ސިޓީއިން ޖެހީ މެޗުގެ 20 ވަނަ މިނެޓުގައެވެ. ލިބުނު ޕެނަލްޓީއެއްގައި މި ގޯލް ކާމިޔާބުކޮށްދިނީ ސިޓީގެ ފޯވާޑް ކެވިން ޑިބްރޮއިނާއެވެ. މިި ޕެނަލްޓީއަކީވެސް ޑިބްރޮއިނާ ބޯޅައާއެކު ދަނިކޮށް ވޮލްވްސްގެ ކުޅުންތެރިއަކު ކުރި ކުށެެއްގެ ސަބަބުން ލިބުނު ޕެނަލްޓީއެކެވެ.

މިގޯލަށްފަހު ސިޓީގެ ފަރާތުން ފުލުފުލުގައި ދިޔައީ ވޮލްވްސްގެ ގޯލަށް ހަމަލާތައް ފޮނުވަމުންނެވެ. ނަތީޖާއަކަށްވީ މެޗުގެ 32 ވަނަ މިނެޓުގައި ސިޓީއިން އަނެއްކާވެސް އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާ ކުރުމެވެ. މިލަނޑު ސްޓާލިންގެ އެހީތެރިކަމާއެކު ކާމިޔާބު ކުރީ ފިލް ފޮޑެން އެވެ.

މެޗުގެ ފުރަތަމަ ހާފު ނިމިގެން ދިޔައީ 2-0 އިން މެންޗެސްޓަރ ސިޓީ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގެ 78 ވަނަ މިނެޓުގައި މެޗުގައު ވޮލްވްސްގެ ފަރާތުން ފެނިގެންދިޔަ ހަމައެކަނި ލަނޑު ފެނިގެން ދިޔައެވެ. އެލަނޑު ކާމިޔާބު ކުރީ ރައުލް ޖެމިނެޒްއެވެ. މެޗުގައި ސިޓިގެ 3 ވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގައި ކާމިޔާބު ކުރީ ގެބްރިއަލް ޖީސަސް އެވެ.

މި މޮޅާއެކު ސިޓީން މިވަނީ ރިކޯޑެއް ވެސް އައު ކޮށްފައެވެ. އެގޮތުން ޖެހިޖެހިގެން 10 ސީޒަނުގައި ލީގުގެ ފުރަތަމަ މެޗުން މޮޅުވި ހަމައެކަނި ޓީމަކީ ސިޓީއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!