އދ. ގެ ހިއުމަން ރައިޓްސް ކައުންސިލް އިން ޗައިނާއަށް ގޮނޑިއެއް
ޗައިނާގެ އިންސާނިއްޔަތާއި ހިލާފު ރެކޯޑުތަކުގެ ދިގު ތާރީހާއެކު ވެސް އދ. ގެ އިންސާނީ ހައްގުތަކާއި ބެހޭ ކައުންސިލުން އެގައުމަށްކޮ ގޮނޑިއެއް ލިިބިއްޖެއެވެ.
ޗައިނީސް މިޝަން އަށް އައްޔަން ކޮށްފައި ހުންނަ މިނިސްޓަރު ޖިއަން ޑުއަން އަށް މި ގޮނޑި ލިބިފައިވާއިރު އޭޝިއާ ޕެސިފިކް ގެ ހުރިހާ ސްޓޭޓެއް އޭނާ ތަމްސީލުކުރާނެއެވެ. އޭނާ މިގޮނޑި ތަމްސީލުކުރާނީ އިތުރު ފަސް މެމްބަރުންނާއި އެކުގައެވެ. އޭގެ ތެރޭގައި ސްޕެއިން އާއި ސްލޮވޭނިއާ ގެ މެމްބަރުންވެސް ހިމެނެއެވެ.
ހިއުމަން ރައިޓްސް ކައުންސިލަށް ޗައިނާ އައްޔަން ވުމާއެކު ގިނަ ބަޔަކު އަންނަނީ އެކަމަށް ފާޑުކިޔަމުންނެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި ޗައިނާގައި 2019 ވަނަ އަހަރު ފެތުރެން ފެށި ކޮރޯނާ ވައިރަސް ފެތުރެންފެށީ ވުހާން ގެ ވަލު ޖަނަވާރު ވިއްކާ މާރުކޭޓުން ކަމުގައި ބުނެވުނު ނަމަވެސް ޗައިނާއިން ދަނީ އަދިވެސް ވައިރަހުގެ އަސްލު ސިއްރުކުރަން މަސައްކަތްކުރަމުންނެވެ. ހަމައެހެންމެ ޗައިނާއިން ވައިރަސް ޖެހުނު ކަމުގައި ރިޕޯޓުކުރި އަދަދުތައް ވެސް ދިމާނުވާ ކަމަށާއި ވައިރަހުގެ އަސްލު ތަފާސް ހިސާބުތައް ޗައިނާއިން ސިއްރުކުރަމުންދާ އަޑުތައް ވެސް ވަނީ ފެތުރިފައެވެ. ޗައިނާ އިން ރިޕޯޓުކޮށްފައިވަނީ ޗައިނާއިން 81,639 މީހުނަށް ވައިރަސް ޖެހުނު ކަމަށާއި 3,326 މީހުން މަރުވިކަމަށެވެ.
އެމެރިކާގެ އިންޓެލިޖެންސް އިން މިދިޔަ ހަފްތާގެ ތެރޭގައި ލީކުކޮށްލާފައިވާ ރިޕޯޓެއްގައިވާ ގޮތުން ޗައިނާގައި ވެރިކަން ކުރާ ޗައިނީޒް ކޮމިޔުނިސްޓް ޕާޓީއިން އަންނަނީ ޗައިނާގައި ވައިރަސް ޖެހުނު މީހުންގެ އަސްލު އަދަދުތަކާއި މެދު ދޮގު ހަދަމުންނެވެ. މި ރިޕޯޓާއެކު ޗައިނާ އާއި އެމެރިކާގެ މެދުގައި ވަނީ ހޫނު ބަހުގެ ހަމަލާތަކެއް ވެސް ބަދަލުވެފައެވެ.
ޗައިނާގެ އިދިކޮޅު ސިޔާސީ މީހުނާއި ޗައިނާގައި މަސައްކަތް ކުރާ ޑޮކްޓަރުން ވަނީމީގެ ކުރިން ވެސް ޗައިނާ ސަރުކާރުން ކޮރޯނާ ވައިރަހުގެ އަސްލު އަދަދުތައް އޮޅުވާލާ ކަމުގެ އިންޒާރު ދީފައެވެ.