ދެ ފެރީ ޓާމިނަލްގެ ބަނދަރު ބޭނުންކުރަން ހަތް ފަރާތަކުން އެދިއްޖެ

ރަށްރަށުން މާލެ އަށް ދަތުރުކުރާ މީހުންނަށް ލުއިފަސޭހަ ގޮތްތަކެއް ހަމަޖެއްސުމުގެ ގޮތުން ލޯންޗް ފެރީ އޮޕަރޭޓް ކުރާ ފަރާތްތަކުން ލަފާ ފުރުމަށްޓަކައި ހެންވޭރު ފެރީ ޓާމިނަލްއާއި ހުޅުމާލެ ފެރީ ޓާމިނަލްގެ ބަނދަރު ބޭނުން ކުރުމަށް ހުޅުވާލި ފުރުސަތުގެ ދަށުން ހަތް ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް އެމްޓީސީސީން މިއަދު ބުނެފި އެވެ.
އެމްޓީސީސީން މިއަދު ނެރުނު ބަޔާނުގައި ބުނީ އިއްޔެ މުއްދަތު ހަމަވިއިރު ހަތް ފަރާތަކުން ހުށަހެޅި އެވެ،
އޭގެ ތެރޭގައި ހިމެނެނީ އދ. އަތޮޅުގެ ފެންފުށ،ި މާމިގިލ،ި އަދި ދިއްދ،ޫ ކ. އަތޮޅުގެ މާފުށ،ި ގުރައިދ،ޫ ގުޅ،ި ގާފަރު އަދި ކާށިދ،ޫ ބ. އަތޮޅުގެ ތުޅާދ،ޫ ހިތާދ،ޫ ގޮއިދ،ޫ ފެހެންދޫ އަދި ފުޅަދޫއަށް ލޯންޗް ފެރީގެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކެއް ކަމަށް އެމްޓީސީސީން ބުންޏެވެ.
އަދި ޝައުގުވެރިކަން ފާޅުކޮށްފައިވާ ފަރާތްތަކާ އެކު އެ ހިދުމަތް ފެށުމުން ދުވާލަކު ޖުމްލަ 15 ލޯންޗް ފެރީއަށް ޓާމިނަލުން ހިދުމަތް ދެވޭނެ ކަމަށް އެމްޓީސީސީން ބުންޏެވެ،
"އެއީ ގާތްގަނޑަކަށް 2000 ފަސިންޖަރުންނެވެ. ހިދުމަތް ރޭވިފައިވާ ގޮތަށް ބަލާއިރު ހެންވޭރު ޓާމިނަލުން އެއްފަހަރާ ފަސް ލޯންޗަށް ކައިރި ކުރެވޭނެ ޖާގ،ަ އަދި ހުޅުމާލޭ ފެރީ ޓާމިނަލުން އެއްފަހަރާ 3 ލޯންޗަށް ކައިރި ކުރެވޭނެ ޖާގަ މި ހިދުމަތަށް ވާނީ ހާއްސަކުރެވިފައި ވެއެވެ." އެމްޓީސީން ނެރުނު ބަޔާާނުގައި ބުނެފައި ވެއެވެ.
ދެ ފެރީ ޓާމިނަލްގެ ބަނދަރު މާލެ ދަތުރުކުރާ ފަރާތްތަކަށް ހާއްސަކުރުމުން
- ކޮންމެ އުޅަނދަކަށްވެސް އެ އުޅަނދު ޖެޓީއަށް ލަފާ ހިސާބުން ފެށިގެން ފުރުމާއި ދެމެދު 30 މިނިޓުގެ ވަގުތެއް ލިބޭނެ
- ދަތުރުވެރީން ޓާމިނަލަށް އައިސް ފުރުމާއި ދޭތެރޭ މަޑުކޮށްލުމަށް ހާއްސަ ސަރަހައްދެއް ޓާމިނަލް ތެރޭ އިންތިޒާމު ކުރާނެ
- އަދި ދަތުރުވެރީންގެ ފަސޭހައަށް ޓަކައި ޓާމިނަލްގެ ފާޚާނާ ޚިދުމަތް އަދި ބޯފެން ލިބުމުގެ އިންތިޒާމްވެސް ހަމަޖެހިފައި ހުންނާނެ
