ސްޓެލްކޯގެ ހަރަދުގައި ހައްޖާއި އުމްރާއަށް ގެންދާ މުވައްޒަފުން ހޮވައިފި

ސްޓެލްކޯގެ ހަރަދުގައި މި އަހަރު ހައްޖާއި އުމްރާއަށް ގެންދާ މުވައްޒަފުން އިއްޔެ ހޮވައިފި އެވެ.
އެ މުވައްޒަފުން ހޮވީ ސްޓެލްކޯގައި އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.
އެ ގޮތުން ގުރުއަތު ލައިގެން ހޮވުނު ތިން މީހަކަށް ހައްޖުގެ އަޅުކަން އަދި އިތުރު ތިން މީހަކަށް ސްޓެލްކޯގެ ހަރަދުގައި އުމްރާއަށް ގެންދަން ވަނީ ނިންމައިފަ އެވެ.
ހައްޖުގެ އަޅުކަން އަދާކުރުމަށް ގުރުއަތުން ހޮވުނު ފަރާތްތައް
• އަހުމަދު ވަހީދު – ޓްރާންސްމިޝަން އެންޑް ޑިސްޓްރިބިއުޝަން ޑިޕާޓްމަންޓް
• ހަސަން ޒަރީރު – ކ. ކާށިދޫ އިންޖީނުގެ
• އާމިނަތު ޖަލީލާ – ޕްރޮކިއުމަންޓް ޑިޕާޓްމަންޓް
އުމްރާގެ އަޅުކަން އަދާކުރުމަށް ގުރުއަތުން ހޮވުނު ފަރާތްތައް
• ބުންޔާމީން މުހައްމަދު ނަސީރު – ވިލިނގިލި އަވަށު އިންޖީނުގެ
• އަހުމަދު މުސްތަފާ – ވިލިނގިލި އަވަށު އިންޖީނުގެ
• ޝިފްރާ އިލްހާމް – ހިއުމަން ރިސޯސަސް އެންޑް ޓްރެއިނިންގ ޑިޕާޓްމަންޓް
ސްޓެލްކޯއިން ބުނީ އަންހެން ފިރިހެން ވަކިން ހައްޖުގެ އަޅުކަން އަދާކުރުމަށް ހުޅުވާލި ފުރުސަތަށް އިޖާބަދީ 102 މުވައްޒަފުން ކުރިމަތިލި ކަމަށާއި އޭގެ ތެރެއިން ޝަރުތު ފުރިހަމަވީ 84 މުވައްޒަފުން ކަމަށެވެ. އަދި އުމްރާގެ އަޅުކަން އަދާކުރުމަށް 218 ފަރާތަކުން ހުށަހެޅި އިރު، ޝަރުތުހަމަވީ 215 މުވައްޒަފުން ކަމަށެވެ.
ސްޓެލްކޯގެ ހަރަދުގައި ހައްޖުގެ އަޅުކަމުގެ ފުރުސަތު ދެނީ ކުންފުންޏަށް 15 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކޮށްފައިވާ މުވައްޒަފުން ނެވެ. އަދި އުމްރާގެ އަޅުކަމުގެ ފުރުސަތު ދެނީ ފަސް އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތްކޮށްފައިވާ މުވައްޒަފުންނަށެވެ.
