ހަށިވިއްކަމުން ދިޔަ ދެ ބިދޭސީއަކު ޑީޕޯޓްކޮށްފި

ރާއްޖޭގައި ފުޅާދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަމުން ދިޔަ 3 ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަން އިން އަތުލައިގެންފި އެވެ.
އިމިގްރޭޝަނުން 'އެކްސް' ގައި މިއަދު ކުރި ޕޯސްޓެއްގައި ބުނީ އެ 3 މީހުންނަކީ ވޯކް ވިސާގައި އުޅެމުންދިޔަ މީހުން ކަމަށެވެ.
ހައްޔަރުކުރީ ވިއެޓްނާމްގެ ދެ މީހެއްގެ އިތުރުން ލާއޮސްގެ މީހެކެވެ. އެ މީހުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އެކި ދުވަސް މަތިންނެވެ.
އޭގެ ތެރެއިން 02 މީހަކު މިހާރު ޑީޕޯޓުކޮށްފައިވާއިރު އަނެއް ބިދޭސީ މީހާ ޑީޕޯޓުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
މި ފަހަކަށް އައިސް ހަށިވިއްކުމުގެ ވިޔަފާރީގައި އުޅޭ ބިދޭސީންގެ ދަނީ އިތުރުވަމުންނެވެ.
ވޯކް ވިސާގަ ވެއްޖެއްޔާ އެމީހުން ގެނައި ބަޔަކު އުޅޭނެތާ އެމީހުންނައް ވެސް ފިޔަވަޅު އަޅަން ޖެހޭނެ އެއްނުން ހަމައެކަނި އެމީހުން ޑިޕޯޓް ކޮއްލުމަކުން ތިކަންތައްތައް ހައްލެއް ނުކުރެވޭނެ ދޯ