ޚަބަރު

ވީއައިއޭގެ އާ ޓާމިނަލްގެ ތަރައްގީގެ މަސައްކަތްތައް ރައީސް ބައްލަވައިލައްވައިފި

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން

ރައީސް ޑރ. މުހައްމަދު މުއިއްޒު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ އާ ޓާމިނަލަށް ޒިޔާރަތް ކުރައްވައި، ޓާމިނަލު ތަރައްގީ ކުރުމަށް ކުރަމުންދާ މަސައްކަތްތައް ބައްލަވާލައްވައިފިއެވެ.

Ads by STELCO

ވީއައިއޭއަށް ރައީސް މުއިއްޒު ވަޑައިގެންނެވުމުން، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އަދި ޓަރމިނަލްގެ މަސައްކަތް ކުރާ ސައުދީ ބިންލާދިން ގްރޫޕުގެ އިސްވެރިން އެމަނިކުފާނަށް އާ ޓާމިނަލްގެ މައުލޫމާތުތައް ހިއްސާކުރެއްވި އެވެ.

އެ ގޮތުން އާ ޓާމިނަލުގައި ދަތުރުވެރިންނަށް ހިދުމަތް ދިނުމަށް ގާއިމުކުރާ އެކިއެކި ގިމަތަތަކާއި އެތަނުގެ ވަސީލަތްތަކާއި ހިދުމަތްތަކާ ބެހޭ އިތުރު މައުލޫމާތު ރައީސަށް ދެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މި ޓާމިނަލަކީ އަހަރަކު ހަތް މިލިއަން ދަތުރުވެރިންނަށް ޚިދުމަތް ދިނުމަށް ޑިޒައިން ކުރެވިފައިވާ ޓާމިނަލެކެވެ. ރައީސްގެ މި ޒިޔާރަތުގައި އެ މަނިކުފާނުގެ އަރިހުގައި ކެބިނެޓުގެ ވަޒީރުންނާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

Ads by HDC