ލައިފްސްޓައިލް

ސްނެޕްޗެޓް ސްޓްރީކު؛ ފައިދާއެއް ނެތް، ބޭކާރު ކަމެއް

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ސްނެޕްޗެޓަކީ މިހާރު ޒުވާނުންގެ މެދުގައި އެންމެ މަގްބޫލު އެޕްލިކޭޝަން އޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ގުޅުން ތައް ބަދަހިކުރުމަކީ ސްނެޕްޗެޓުގެ މައިގަނޑު އަމާޒު ކަމަށް ވާއިރު ސްނެޕްޗެޓު ބޭނުން ކުރާ މީހުންގެ ތެރޭގައި އެންމެ ނަން ހިނގާ ފީޗާ އަކީ ސްނެޕްޗެޓު ސްޓްރީކެވެ. ހަމައެކަނި ސްނެޕްޗެޓު ސްޓްރީކު ހެދުމަށް ސްނެޕްޗެޓު ބޭނުން ކުރާ މީހުންވެސް އުޅެއެވެ.

Ads by STELCO

ސްނެޕްޗެޓްގެ ސްޓްރީކަކީ ދެމީހަކު މެދުކެނޑުމެއްނެތި ކޮންމެ ދުވަހަކު އެކަކު އަނެކަކަށް ސްނެޕްކުރުމުން ސްނެޕްޗެޓުން ފެންނަ އެއްޗެކެވެ. އަދި މެދުކެނޑުމެއްނެތި ސްނެޕްކުރާ ކޮންމެ ދުވަހަކަށް ސްޓްރީކުން އަަދަދެއް އިތުރުވަމުން ދާނެއެވެ. މަޖާ ކުޅިވަރަކަށް ވެސް ބައެއް މީހުން މިކަން ކޮށްއުޅެއެވެ. އަނެއް ބަޔަކު ކުރަނީ އެކަން ކުރަން ފެށުނީތީ ހުއްޓާނުލާށެވެ.

އެންމެ ދުވަހަކު ވެސް ސްނެޕް ނުކޮށްގެން ސްޓްރީކު ގެއްލިއްޖެނަމަ ކަންތަކާއި ޖެހުނީއެވެ. ސްޓްރީކު ގެއްލިގެން ގުޅުންތައް ކެނޑޭ ހިސާބަށް ވެސް ގޮސްފައި އެބަހުރިއެވެ.

ނަމަވެސް ސްނެޕްޗެޓް ސްޓްރީކަކީ ހަމަ މިހާ މުހިންމު އެއްްޗެއް ހެއްޔެވެ؟ އެތަކެއް އަހަރު ވީ ގުޅުންތައް އެންމެ ދުއިސައްތަ ދުވަހުގެ ސްޓްރީކެއް ގެއްލިގެން ކެނޑޭހާ ނިކަމެތި ހެއްޔެވެ؟

ހަގީގަތަކީ ސްނެޕްޗެޓު ސްޓްރީކަކީ އެހާ މުހިންމު އެއްޗަކަށް ވެގެން ނުވާނެކަމެވެ. ސްޓްރީކު ނުކުރާށެކޭ ނޫނެވެ. އެއަށް ދެވި ނުހިފަންވީއެވެ. އެ ގެއްލުމުން ހިތް ހަލާކު ނުވާންވީއެެވެ. ގުޅުންތައް ނުކަނޑަންވީއެވެ. ސްނެޕްޗެޓާއި ސްޓްރީކުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފަންވީއެވެ.

  1. މި ހަބަރު ލިޔުންވެސް އެއީ ބޭކާރު ކަމެއް