ޚަބަރު

އިމިގްރޭޝަންގެ އިތުރު އޮފިސަރަކު ހައްޔަރުކޮށް، ވަނަވަރު އާއްމުކޮށްފި

. ، ދެން އޮންލައިން

އިމިގްރޭޝަންގެ ބަންދަށް ގެންދިޔަ ބިދޭސީ މަސައްކަތްތެރިއަކު އަތުން ރިޝްވަތުގެ ގޮތުގައި ފައިސާ ނެގި މައްސަލާގައި އިމިގްރޭޝަންގެ އިތުރު އޮފިސަރަކު ހައްޔަރުކޮށް ވަނަވަރު އާއްމުކޮށްފި އެވެ.

Ads by STELCO

އެ މައްސަލާގައި ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާ މާލެ/ ގ.ލިޓޯނިއާ، މުހައްމަދު ޝައްމާނު ވަހީދު (36އ) ހިމެނޭހެން 5 މީހަކު ވަނީ ފުލުހުންގެ ހައްޔަށް ގެންގޮސްފަ އެވެ. އޭގެ ތެރެއިން އެކަކު ހައްޔަރުކުރި މިއަދުގެ ވަގުތެއްގަ އެވެ.

ހައްޔަރުކުރި މީހުންނަކީ އެއީ:

  1. ތ.ބުރުނި/ މޫނިމާގެ، މުހައްމަދު އަލްސަން އިސްމާއީލް (21އ)
  2. މާލެ/ ގ. ހެޕީސައިޑް، އިބްރާހިމް އަހުމަދު (37އ)
  3. މާލެ/ ގ. ހެޕީސައިޑް، ހަސަން ސަހެޝާން (47އ)
  4. މާލެ/ މ. ހަޒާރީވިލާ، އަހުމަދު ލައްސާނު (40އ)

މި މީހުންގެ ތެރެއިން ޝައްމާނުގެ ބަންދަށް 15 ދުވަސް ކޯޓުން ވަނީ ޖަހާފައި އެވެ. އަދި ދެ މީހަކު 10 ދުވަހަށް އަދި އަނެކަކު 3 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފަ އެވެ. މި އޮފިސަރުންނަކީ އިމިގްރޭޝަންގެ ކޮންޓްރޯލާ ޖެނެރަލްގެ ބިއުރޯގައި މަސައްކަތް ކުރާ އޮފިސަރުންކަން ވަނީ އެނގިފަ އެވެ.

ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ، ބިދޭސީން ދިރިއުޅޭ ގެއެއް އިމިގްރޭޝަންގެ ބައެއް އޮފިސަރުން މަގާމުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކޮށްގެން ރެއިޑްކޮށްފައިވާ ކަމަށެވެ.

އެހެން ފުލުހުން ބުނި ސަބަބަކީ، ރެއިޑްކުރި އިމިގްރޭޝަން އޮފިސަރުންނަކީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ ޒިންމާ ހަވާލުކުރި ޓާސްކް ފޯސް އަދި ރިސްކް މެނޭޖުމަންޓްގައި ނުވެސް ހިމެނޭ މުވައްޒަފުންތަކަކަށް ވާތީ އެވެ.

އެ ރެއިޑުގައި އިމިގްރޭޝަންގެ ޑިޓެންޝަނަށް ގެންދިޔަ ބިދޭސީއަކު 530،000ރ ދިނުމުން ދޫކޮށްލީ ޝައްމާންގެ އަމުރަކަށް ކަމަށް ފުލުހުން ތުހުމަތުކޮށްފައިވެ އެވެ. ދޫކޮށްލުމަށް ފަހު، އޮޕަރޭޝަން ހިންގި އޮފިސަރުން މަގުމަތިން ބިދޭސީ މީހާއާ ބައްދަލުކޮށް އެ ފައިސާ ޝައްމާންގެ ގެއަށް ގެންދިޔަ ކަމަށް ވެސް ބަޔާނުގައި ތުހުމަތުކޮށްފައިވެ އެވެ.

ފުލުހުން ވަނީ ޝައްމާނު ދިރިއުޅޭ ގެ ބަލައި ފާސްކޮށްފަ އެވެ. އެ ގެއިން ގިނަ އަދަދެއްގެ ފައިސާގެ އިތުރުން އިލެކްޓްރޯނިކް ސާމާނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ. ގެންދިޔަ ފައިސާގެ ތަފްސީލެއް ފުލުހުން އަދި މިހާތަނަށް ހިއްސާއެެއް ނުކުރެ އެވެ.

އެ މައްސަލާގައި ޝައްމާނުގެ އަނބިކަނބަލުން ހިދްފާ ފާއިޒުގެ ފޯނު ފުލުހުން ހިފަހައްޓައި ދެ މީހަކު ފުރުން މަނާކޮށްފައިވެ އެވެ.

Ads by HDC