ޚަބަރު

މެލޭޝިއާގައި އިމާރާތަކުން ވެއްޓި ދިވެހި ކުޑަ ކުއްޖަކު މަރުވެއްޖެ

ދެން އެމްވީ ، ދެން އޮންލައިން

މެލޭޝިއާގެ ވެރިރަށް ކުއާލަ ލަމްޕޫރުގެ އުސް އިމާރާތަކުން ވެއްޓި ދިވެހި ކުޑަކުއްޖަކު މިއަދު މަރުވެއްޖެ އެވެ.

މި ހާދިސާއާ ގުޅޭ އިތުރު މައުލޫމާތެއް އަދި ނުލިބޭތީ އެއީ ކޮން ޖިންސެއްގެ ކުއްޖެއް ކަމެއް އަދި ވެއްޓުނީ ކިހިނެއް ކަމެއް ސާފެއް ނުވެ އެވެ. އެނގިފައިވާ ގޮތުގައި މަރުވެފައި ވަނީ އުމުރުން ގާތްގަނޑަކަށް ތިން އަހަރު ކުއްޖެކެވެ.

ސޯޝަލް މީޑިއާތަކުގައި ބައެއް ދިވެހިން ކޮށްފައި ހުރި ޕޯސްޓްތަކުން އެނގޭ ގޮތުގައި އެ ކުއްޖާ ވެއްޓުނީ 21 ވަނަ ބުރިންނެވެ.

އެފަދަ ހާދިސާއެއް ހިނގައިގެން އުޅޭކަން ފޮރިން މިނިސްޓްރީންވެސް ވަނީ ޔަގީންކޮށްދީފައެވެ. އެ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ އާއިލާއަށް ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ފޯރުކޮށް ދެމުންދާ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!