ޚަބަރު

ކޮވިޑް-19އާ ގުޅިގެން ދިވެހިންގެ ދީލަތިކަން: ފިހާރައަކުން ދަރަނިތައް މާފުކޮށްދީފި

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19އާ ގުޅިގެން މުޅި ދުނިޔެއަށް ވެސް މިވަނީ އިގްތިސޯދީ ބަލިމަޑުކަމެއް ފެތުރެން ފަށާފައެވެ. މިކަމުގެ އަސަރު ރާއްޖެއަށް ވެސް ކުރަމުންދާއިރު، ބަލި ފެތުރިދާނެ ކަމުގެ ބިރުއޮތް މާލެއާއި މުޅި ގައުމު ނުރައްކަލުން ރައްކާތެރިކުރުމަށް ސަރުކާރަށް އަޅަންޖެހުނު ފިޔަވަޅުތަކުން މިއަދު އަހަރެމެން މިތިބީ ކުރާނެ ކަމެއް ،ހަނދާނެ ގޮތެއް ނޭނގިފައެވެ.

Ads by Sosun Fihaara

ރައްކާތެރި ފިޔަވަޅެއްގެ ގޮތުން ދުނިޔޭގެ ގިނަ ގައުމުތައް މިވަގުތު އޮތީ ފުރަބަންދުގެ ޙާލަތުގައެވެ. މިހެންކަމުން ލާމެހިފައިވާ ދުނިޔޭގެ ވިޔަފާރިތައް ވަނީ ހުއްޓިފައެވެ. ގައުމަށް މިއައި އިގްތިޞާދީ ލޮޅުމާއެކު، ލިބޭ އާމްދަނީއަށް މިވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ.

މިފަދަ ޙާލަތެއްގައި ވެސް ފެނިގެން ދިޔަ އުފާވެރި މަންޒަރަކީ ދަރުމަވެރި އިހްސާންތެރިންތަކެއް ފެނިގެން ދިޔުމެވެ. ގޭގެ އެކި ފްލޯތަކުގައި އުޅޭ މީހުން ދައްކާ ކުލިން ފަސޭހަ ދިރިއުޅުމެއް އުޅުނު ބައެއް މީހުންނަށް މިއީ އިހްސާންތެރިވުމުގެ ވަގުތުކަންވަނީ ވިސްނިފައެވެ. ބައެއް މީހުން ކުލި އެއްކޮށް މާފުކޮށްދިންއިރު އަނެއް ބަޔަކު ވަނީ ކުލި ކުޑަކޮށްދީފައެވެ. އެފަދަ މީހުންނަށް ހައްގު ތައުރީފާއި ހެޔޮ ދުއާތައް ދަނީ އޮހެމުންނެވެ.

މިފަހަރު ރާއްޖޭގެ ރަށަކުން މިވަނީ މިކަހަލަ މަންޒަރެއް ފެނިފައެވެ. އެގޮތުން ބ. ތުޅާދޫގެ "ޑަބަލް އެމް އާރޓް" އިން ވަނީ އެ ފިހާރައިން މިދިޔަ މަހުގެ 31ގެ ނިޔަލަށް ނުދެއްކި ހުރި ހުރިހާ ދަރަންޏެއް މާފުކޮށްދީފައެވެ. އެ ފިހާރައިން ބުނީ މިގޮތަށް ކަންތައް ކުރަން ނިންމީ ކޮވިޑް-19ގެ ސަބަބުން ކަސްޓަމަރުންނަށް ކުރިމަތިވެފައިވާ ނުތަނަވަސްކަމަށް ލުޔެއް ދިނުމުގެ ގޮތުން ކަމަށެވެ.


ކޮވިޑް-19އާ ގުޅިގެން އެމްޑީޕީގެ އެކްޓިވިސްޓެއް ކަމަށްވާ މުޙައްމަދު ޞޮދުރީ (ދުންމާރި ނާޒިމް) ވެސް ވަނީ އޭނާ މާލޭގައި ކުއްޔަށް ދީފައިވާ ތަންތަނުގެ ތިން މަހުގެ ކުލި މާފުކޮށްދީފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!