41 ވަނަ ފަހަރަށް ބަންދުކުރީ 10 ފުޅި ކޮފީ ވަގަށް ނަގައިގެން

ފިހާރައަކުން 10 ފުޅި ކޮފީ ވަގަށް ނެގި މައްސަލާގައި މީހަކު ހައްޔަރުކޮށްފި އެވެ.
ކްރިމިނަލް ކޯޓުން އާއްމުކޮށްފައިވާ ކޯޓު އަމުރު ބުނާ ގޮތުން އެ މައްސަލާގައި ހައްޔަރުކުރީ ގދ. ގައްދޫ އަށް ނިސްބަތްވާ 43 އަހަރުގެ ފިރިހެނެކެވެ.
ކޯޓު އަމުރުގައި ބުނީ އެ މީހާއަކީ ބަންދުގެ 40 ރެކޯޑް އޮތް މީހެއް ކަމަށެވެ.
އޭނާ އަކީ ދާއިމީކޮށް ހަކުރު ބައްޔަށް ބޭސްކާ މީހެއް ކަމަށާއި ބަންދުކުރި ފަހުން ބޭސް ނުލިބޭ ކަމަށް އެމީހާ ބުނި ކަމަށްވެސް ކޯޓު އަމުރުގައިވެ އެވެ.
މުުޖުތަމައުގެ ސަލާމަތަށްޓަކައި ކޯޓުން ވަނީ 7 ދުވަހަށް އެ މީހާ ބަންދުކޮށްފަ އެވެ.