މެލޭޝިއާ އިން އަންނަން ބޭނުންވާ ދިވެހިންނަށް މިއަދު ޓިކެޓު ވިއްކަން ފަށަނީ، ފުރުން 8 ވަނަ ދުވަހު
މެލޭޝިޔާއިން ރާއްޖެ އަންނަން ބޭނުންވާ ދިވެހިންނަށް މިއަދު ޓިކެޓު ވިއްކަން ފަށާނެ ކަމަށް މޯލްޑިވިއަނުން ބުނެފިއެވެ.
މޯލްޑިވިއަނުން މިއަދު ބުނީ މެލޭޝިއާއިން ރާއްޖެ އަންނަން ތިބި ދިވެހިންނަށް މިއަދު ހަވީރު 17:00 އިން ފެށިގެން އޮންލައިންކޮށް ޓިކެޓް ބައްލަވައި ގަނެވޭނެ ކަމަށެވެ.
މީގެ އިތުރުން މިވަގުތު މެލޭޝިއާއިން ފުރަން ޝެޑިއުލްކޮށްފައިވަނީ މި މަހުގެ 8 ވަަނަ ދުވަހު މެލޭޝިއާ ގަޑިން ހެނދުނު 6 ޖަހާއިރު ކަމަށާއި ފުރާގަޑިއަށް ބަދަލުއައުމަކީ އެކަށީގެންވާ ކަމެއް ކަމަށް މޯލްޑިވިއަނުން ބުނެއެވެ.
މެލޭޝިއާގައި ހުންނަ ދިވެހި ހައިކޮމިޝަނުން ބުނީ މެލޭޝިޔާއާއި ދިވެހިރާއްޖެއާ ދެމެދު މޯލްޑިވިއަން އިން ބާއްވަން ރާވާފައިވާ ފްލައިޓުން މާލެ ދަތުރު ކުރައްވަން ބޭނުންފުޅު ފަރާތްތަކުން، އެފަރާތްތަކުގެ މަޢުލޫމާތު މި ލިންކް މެދުވެރިކޮށް އެ ހައިކޮމިޝަނަށް ފޮނުއްވައި ދެއްވުން އެދޭ ކަމަށެވެ.
އަދި އެ ފްލައިޓުގެ ޓިކެޓް ވިއްކަން ހަމަޖެހިފައިވަނީ ގާތްގަޑަކަށް 400 އެމެރިކާ ޑޮލަރަށް ކަމަށް ވެސް އެ ކޮމިޝަނުން ބުނެފައިވެއެވެ.