ނޭނގި ބީއެމްއެލްގެ އެކައުންޓުން ފައިސާ ކެނޑޭ ކަމުގެ ޝަކުވާ ބޮޑުވެއްޖެ

ނޭނގި ބީއެމްއެލްގެ އެކައުންޓުން ފައިސާ ކެނޑޭ ކަމުގެ ޝަކުވާ ބޮޑުވެއްޖެ އެވެ.
އެ މައްސަލަ ބޮޑުވެ ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ދަނީ ނުރުހުން ފާޅުކުރަމުންނެވެ.
ބައެއް މީހުން ސޯޝަލް މީޑިއާގައި ބުނީ ބީއެމްއެލް އިން އެތައް ބައެއްގެ އެކައުންޓްތަކުން އެތައް ރުފިޔާއެއް ކެނޑުމަށްފަހު އެކަމަށް ޖަވާބުދާރީ ވެސް ނުވާ ކަމަށާއި އަދި ގުޅުމުން ފޯނުވެސް ނުނަގާ ކަމަށެވެ.
ސޯޝަލް މީޑިއާގައި ބައެއް މީހުން ބުނި ގޮތުން އެކައުންޓުން 500 ރުފިޔާއިން ފެށިގެން 1000 އަދި 2000 އާ ހަމައަށް ވެސް ރުފިޔާ ކަނޑާފައި ވެއެވެ.
އެ މައްސަލައިގައި "ދެން"އިން ބީއެމްއެލްގެ ބަހެއް ހޯދުމަށް މަސައްކަތް ކުރިނަމަވެސް ބީއެމްއެލްގެ މީޑިއާގެ ބޭފުޅުން ފޯނު ނުނަގާތީ ބަހެއް ނުލިބެ އެވެ.
ފަހަކަށް އައިސް ބީއެމްއެލްގެ ކާޑާއި އެޕްގެ މުއާމަލާތްތަކަށް ބުރޫއެރައި ވަރަށް ގިނަ ގަޑިއިރުތަކަކަށް ހިދުމަތް މެދުކެނޑިގެން ދިޔައެވެ.

Ads by HDC