ޚަބަރު ރައްޔިތުންގެ މަޖިލިސް

މަޖިލީހުގެ ތިންވަނަ ދައުރުގެ ފުރަތަމަ ޖަލްސާ އަންނަ މަހުގެ 5 ގައި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ ފުރަތަމަ ޖަލްސާ އޮންނާނީ އަންނަ މަހުގެ 5 ވާ ހޯމަ ދުވަހު ކަމަށް މަޖިލިސް އިދާރާއިން ބުނެފިއެވެ.

Ads by MWSC

މިމަހުގެ ހަވަނަ ދުވަހު މަޖިލީހުގެ ދެވަނަ ދައުރު ނިންމަވާލައްވާ، މަޖިލިސް ޗުއްޓީއަށް ދިޔައިރު، ޖުމްލަ 37 ޖަލްސާ ބާއްވާ 21 ބިލެއް ފާސް ކޮށްފައިވެއެވެ.

ދެވަނަ ދައުރުގެ އެންމެ ފަހު ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން އިންނެވި މަޖިލިހުގެ ނައިބު ރައީސް އީވާ ޢަބްދުﷲ ވިދާޅުވީ، ދެވަނަ ދައުރު ނިމިފައިވާއިރު، އެދައުރުގެ 68 ޕަސެންޓު މަސައްކަތް ނިމިފައިވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލިހުގެ ގަވައިދުގާވާ ގޮތުން މަޖިލީހުގެ ދެވަނަ ދައުރު ނިމޭނީ މި ހިނގާ އޮގަސްޓް މަހުގެ ނިޔަލަށެވެ. އެހެން ނަމެވެސް މެމްބަރުން ބޭނުން ވެއްޖެ ނަމަ ދައުރު ދިގު ދެމުމާމެދު ގޮތެއް ނިންމުމުގެ ބާރު މެމްބަރުންނަށް އޮވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!