ޚަބަރު

ސަޢީދުގެ ރައްދު އިންޑިއާއަށް: ރާއްޖޭގައި ކުރާނެ މަސައްކަތާއި ނުކުރާނެ މަސައްކަތް ނިންމާނީ ދިވެހި ރައްޔިތުން

ދެން އެމްވީ ، ދެން އޮންލައިން

ރާއްޖޭގައި ކުރާނެ އަދި މަސައްކަތްތައް ނިންމައި ކަންކަން ހިނގުމަކީ ރާއްޖޭގެ ރައްޔިތުންނަށް ލިބިފައިވާ ބާރެއް ކަމުގައި ރައްޔިތުން މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

Ads by STELCO

ސައީދު މިހެން ވިދާޅުވީ އިންޑިއާ އިން ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކޮށް ނިންމާލެވުމުން، އުތުރު ޓޫރިޒަމްގެ "އިންޖީނަކަށް" ވެގެންދާނެ ކަމަށް އިންޑިއާގެ އޮފިޝަލަކު ވިދާޅުވުމާ ގުޅިގެން ނޫހެއް ގައި ޝާއިއުކޮށްފައިވާ ޚަބަރަކަށް ފާޅު ކުރެއްވި ޚިޔާލެއްގައެވެ.

މިކަމާ ގުޅިގެން ސައީދު ވިދާޅުވީ ރާއްޖޭގައި ކުރާނެ، ނުކުރާނެ މަސައްކަތާއި ކަންކަން ނިންމުމުގެ ބާރު ލިބިގެންވަނީ ދިވެހި ރައްޔިތުންނަށް ކަމަށެވެ. އަދި އެއީ ދިވެހި ރައްޔިތުންގެ ހައްގެއްގެ ގޮތުގައި ސައީދު ފާހަގަ ކުރެއްވިއެވެ.

މި ދަރަޖަ އަށް ސަރުކާރު ވެއްޓުމަށްވުރެ ވަކިން ބޮޑު ނުރައްކަލަކާއި، ނިކަމެތި ކަމެއް އަންނާނެތޯ ކުރީގެ އިކޮނޮމިކް މިނިސްޓަރު ސައީދު ވަނީ ސުވާލު އުފައްދަވާފައެވެ.

 

ސައީދު މިހެން ވިދާޅުވިއިރު އިދިކޮޅު ފަރާތްތަކުން އަންނަނީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާއި ދެކޮޅަށް "އިންޑިއާއައުޓް" ގެ ނަމުގައި ކެމްޕެއިނެއް ވެސް ހިންގަމުންނެވެ. މި ކެމްޕެއިނުގައި އެތައް ހާސް ޒުވާނުންނެއްް ބައިވެރިވެފައިވާ ކަން ފާހަގަ ކޮށްލަން ޖެހެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!